ޒުވާނުންގެ ދުވަހާ ގުޅުވައިގެން އައްޑޫގައި އަމިއްލަ ފަރާތަކުން އިސްވެ އޮވެ ވަންޑޭކަޕެއް ބާއްވައިފި އެވެ.
އައްޑޫ ސިޓީ ހުޅޫދޫގައި މިރޭ ބޭއްވި ވަންޑޭކަޕްގައި ފަސް ޓީމަކުން ބައިވެރިވެފައިވެ އެވެ. މި މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވެ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޓީމަށާއި ދެ ވަނަ ޓީމަށް ފައިސާގެ އިނާމު ދީފައިވެ އެވެ. އޭގެ އިތުރުންވެސް ބައިވެރިވި ކޮންމެ ޓީމަކަށްވެސް ފައިސާގެ އިނާމު ދީފައިވެ އެވެ.
މި މުބާރާތް ބޭއްވި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ރައީސް ސާމިއު އަންވަރު ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅަށް އިންތިޒާމްކުރެވިގެން މުބާރާތްތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.
"ވިސްނުން އެބަހުރި ކޮންމެ އަހަރަކު އެއްފަހަރު ނަމަވެސް ޒުވާނުނަށް ހާއްސަކޮށްގެން ރަށުގައި މި ފަދަ މުބާރާތެއް ބޭއްވުމަށް. މިއަދު ވަރަށް ކުޑަ ވަގުތުކޮޅެއްގައި ނިންމީ ވަންޑޭކަޕެއް ބާއްވަން. އެކަމު ވަރަށް ބޮޑު ތަރުހީބެއް ޒުވާނުންގެ ލިބިގެން ހިނގައްޖެ."ސާމީ ބުންޏެވެ.
މިރޭ މި މެޗްތައް ކުރިއަށްދިޔަ ވަގުތު ލައިވް ބާބްކިއުވެސް އެ ސަރައްދުގައި ކުރިއަށް ގެންގެންގޮސްފައިވެ އެވެ.
ޒުވާނުންގެ ދުވަހާ ގުޅިގެން ސަރުކާރުގެ އެއްވެސް އޮފީހަކުން އައްޑޫ ސިޓީގައި ރަސްމީކޮށް އެއްވެސް ކަމެއް ބާއްވާފައެއްނުވެ އެވެ.