Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

އިންޑިއާއެކު އިނގިރޭސީންގެ ދިފާޢީ ގުޅުން ވަރުގަދަކުރަނީ

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ލިޒް ޓްރުސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާއާއެކު ދިފާޢީ ގުޅުންތައް ވަރުގަދަކުރައްވާނެ ކަމަށް އިނގިރޭސި ސަރުކާރުން ހާމަކޮށްފިއެވެ.

އިނގިރޭސި ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި އެ ދެ ގައުމުގެ ދިފާއީ ކަންކަން އިތުރަށް ތަރައްގީ ކުރުމަށްޓަކައި ލިޒް މަޝްވަރާ ކުރައްވާނެއެވެ. އަދި ޑިފެންސާ ގުޅުންހުރި ވިޔަފާރިތަކާ ގުޅޭގޮތުންވެސް ދެ ގައުމުން މަޝްވަރާ ކުރައްވާނެކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާއާއި އިނގިރޭސިވިލާތާ ދެމެދު ދިފާއީ ގުޅުންތައް ބަދަހިކުރުމުގެ މަޝްވަރާތައް ކުރެވިގެންދާއިރު، މީގެ ކުރިން އެމެރިކާއިންވެސް ވަނީ އިންޑިއާއާއެކު ޑިފެންސް އެގްރިމެންޓުތަކުގައި ސޮއިކޮށްފައެވެ.