Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

މަރަދޫފޭދޫ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން މާލެ ފޮނުވައިފި

އައްޑޫ ލިންކް ރޯޑް - ފޮޓޯ:ނަޖް

އައްޑޫސިޓީ މަރަދޫފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވައިފިއެވެ.

މިދިޔަ ހޯމަދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 20 އަހަރާއި 76 އަހަރުގެ ދިވެހި ފިރިހެނުންނަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެރޭގެ 8 ޖަހާކަށްހާއިރު އެކްސިޑެންޓުގެ މައުލޫމާތު ލިބުނުކަމަށާއި، އެންމެ ފުރަތަމަ ދެމީހުންވެސް ގެންދިޔައީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި މި ދެމީހުންނަށްވެސް މިހާރު އަންނަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.