ހއ.އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިއްޖެއެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ވަޅު ފެނިފައިވަނީ އެ ރަށުގެ ހުޅަނގު ފަރާތު ތުނޑިންނެވެ. އަދި މި ވަޅު ހިމާޔަތްކުރުމަށް އުތީމު ކައުންސިލާ މަޝްވަރާ ވަނީ ކުރެވިފައެވެ.
މީގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއެކުވެސް މަޝްވަރާތައް ކުރަމުން އަންނަކަމަށް ހަނދާނީ މަރުކަޒުން ވަނީ ބުނެފައެވެ.
ހއ.އުތީމަކީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރެއްވި އައްޞުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް އުފަންވެވަޑައިގަތް ރަށެވެ. ބޮޑުތަކުރުފާނަކީ ދިވެހި ގައުމުގެ އަބްޠާލެކެވެ.