ނައިބު ރައީސް ފައިސަލް ނަސީމް އައްްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހުޅުމީދޫ ހެލްތް ސެންޓަށާއި ހުޅުދޫގައި އަލަށް އިމާރާތްކޮށްފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.
ނައިބު ރައީސް އައްޑޫއަށް މިއަދު ވަޑައިގެންނެވީ އައްޑޫ ސިޓީ ގަމުގައި މޯލްޑިވިއަން އިން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލާއި ގުޅޭ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު ސޮއި ކުރުމުގެ ރަސްމިޔާތަަށެވެ. އެމަކުފާނު އައްޑޫއަށް ވަޑައިގެން ފުރަތަމަ ވަޑައިގެންނެވީ ހުޅުދޫ އާއި މީދޫއަށެވެ. ހުޅުދޫގައި ހުޅުވުމަށް ތައްޔާރުވެފައިވާ ޑިޓޮކްސް ސެންޓަރަކަށް އެމަނިކުފާނު ވަޑައިގެން އެތަނުގެ އިމާރާތް އެމަނިކުފާނު ބައްލަވާ ލެއްވި އެވެ.
ހުޅުދޫ ޑިކްސްސެންޓަރުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. އެތަނުގެ ބިންގާ އަޅުއްވާ ދެއްވީވެސް ނައިބު ރައީސެވެ.
އެއަށްފަހު ދެން އެމަނިކުފާނު ވަޑައިގެންނެވީ ހުޅުމިދޫ ހެލްތް ސެންޓަރަށެވެ. އެތަނުގެ ހިދުމަތްތައް ދެމުންދާ ގޮތާއި ހުރި ދަތިތައް ނައިބު ރައިސް އޮޅުންފިލުއްވި އެވެ. ހެލްތް ސެންޓަރުގެ އިސްވެރިންނާއި ވަކި ވަކިން ސްޓާފުން ކިބައިންވެސް އެމަނިކުފާނު ވަނީ ހުރި ދަތިތައް އޮޅުންފިލުއްވާ ދެއްވާފަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ އަރިހުގައި މި ދަތުރުޅުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ރައީސް އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވަ އެވެ.