މޯލްޑިވްސް ނެޝަނަލް ޕާޓީގެ އިދާރީ އިސް މަގާމުތަކަށް މެމްބަރުން އައްޔަންކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރި އެމްއެންޕީގެ ހަ މަގާމަށް މެމްބަރުން އައްޔަން ކުރައްވާފަ އެވެ.
އެމްއެންޕީއިން ބުނީ އެ މަގާމުތަކަށް މެމްބަރުން ހަމަ ޖެއްސެވީ ޕާޓީގެ އެގްޒެކްޓިވް ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުން ފާސްކޮށްގެން ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެގްޒެކްޓިވް ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުން، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ރާބިހް މުޙައްމަދު ވަނީ އައްޔަނުކޮށްފައެވެ. އަދި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވަނީ ރާބިހަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. pic.twitter.com/nuYM7zIi78
— Maldives National Party (@MNP_Secretariat) October 28, 2021
އެގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ރާބިހް މުހައްމަދު އަދި ޕާޓީގެ ހަޒާންދާރުގެ މަގާމަށް އަބްދުއްރަޝީދު ހަސަން ވަނީ އައްޔަންކޮށްފަ އެވެ. ޕާޓީގެ ރެޖިސްޓްރަރގެ މަޤާމަށް މުޙައްމަދު ޝިހާބު ހަމަޖައްސާފައިވާއިރު ޑެޕިއުޓީ ރަޖިސްޓްރާގެ މަގާމަށް ހަމަ ޖަައްްސާފައިވަނީ މުހައްމަދު ހާނިމް އެވެ. ޕާޓީގެ ސްޕޯކްސް ޕާސަންގެ މަގާމަށް އަސްރާ އަހްމަދާއި އަހްމަދު އަނޫޝް ވަނީ ހަމަ ޖައްސަވާފަ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެގްޒެކްޓިވް ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުން، ޕާޓީގެ ރެޖިސްޓްރަރގެ މަޤާމަށް މުޙައްމަދު ޝިހާބު ވަނީ އައްޔަނުކޮށްފައެވެ. އަދި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވަނީ ޝިހާބަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. pic.twitter.com/CLRzxS1G0D
— Maldives National Party (@MNP_Secretariat) October 28, 2021
މި މަގާމުތަކަށް އައްޔަން ކުރެއްވި މީހުނަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވަނީ މަޤާމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވާފައެވެ.