ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދުގެ މައްޗަށް ކުރާ ދައުވާއިން ދިވެހި މުޖްތަމައުއަށް އިތުރު ރަނގަޅެެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޒެނީޝާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ތަހުގީގު ކުރި މައްސަލައަށް ފާޑު ވިދާޅުވެ ކުރި މިއަދު ކުރި ޓުވީޓެއްގަ އެވެ. ނަޝީދު ވަނީ އެ ދައުވާ އަނބުރާ ގެންދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ،
Kureege Gender Minister Zeneesha ah kuraa dhauvaage sababun Dhivehi mujthamau ah libeyne ithuru rangalheh nufeney. Dhauvaa an’buraa gendhiumakee buhdhiveri goiykamugai alhugandu dheken
— Mohamed Nasheed (@MohamedNasheed) October 29, 2021
ދައުވާ އަނބުރާ ގެންދިއުމަށް އެދިފައިވީ ނަމަވެސް އެ މައްސަލައިގައި އަދި ދައުވާ ކުރުމަށް ނިންމި ކަމަކަށް ޕީޖީ އޮފީހުން ނުބުނެ އެވެ.
މައުލޫމާތު ލިބިފަިއވާ ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާއަކާ ގުޅިގެން ތަހުގީގުކުރި މައްސަލައަކަށްފަހު ޒެނީޝާ ހިމެނޭގޮތަށް ޖުމުލަ 30 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދިފައިވެ އެވެ.
އެޗްއާރްސީއެމުން ދައުވާކުރުމަށް އެދިފައިވާ ފަރާތްތަކުގެ ތެރޭގައި އެކި އިދާރާތަކުގެ މުވައްޒަފުންނާއި އިސްވެރިން ހިމެނޭކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ދައުވާކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޕީޖީން އެޗްއާރްސީއެމްއާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ.