ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ މައްޗަށް ދައުވާކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ޒެނީޝާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދޭން ވަނީ އެދިފަ އެވެ.
އެ މައްސަލައަށް ފާޑު ވިދާޅުވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒް މުހްސިން ވިދާޅުވީ ޒެނީޝާ އާއި ބަޝީރަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އިސްލާހަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވެވި އިޚްލާސްތެރި ދެބޭފުުން ކަމަށާއި އެފަދަ ނަމޫނާ ހިންގުންތެރިންގެ އަބުރު މިފަދަގޮތަކަށް ކަތިލެއްވިގެން ދިއުމަކީ ދެރަވަރުކަމެއް ކަމަށެވެ.
ޒެނީޝާ އާއި ބަޝީރަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އިސްލާހަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވެވި އިޚްލާސްތެރި ދެބޭފުޅެއް. އެފަދަ ނަމޫނާ ހިންގުންތެރިންގެ އަބުރު މިފަދަގޮތަކަށް ކަތިލެއްވިގެން ދިއުމަކީ ދެރަވަރުކަމެއް. https://t.co/5Ms7Seq6sN
— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) October 28, 2021
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އެކަން ސިފަ ކުރެއްވީ ރައީސް ޔާމިންގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ފަހާ މި ސަރުކާރުން ދުވުން ކަމަށެވެ.
"މިނިސްޓަރ ޒެނީޝާގެ ހުރިހާ ވަގުތެއް ހޭދަކުރެއްވީ އިލްމީ ތަޖުރިބާގެ އަލީގައި އެ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރެެއްވުމަށް،" ޝިޔާމް ވިދާޅުވެފައިވެ އެވެ.
Raees Yameen adhi emanikfaanuge ujaala 5 aharuge hissaadhaarun fahaa dhuvun ei MDPge riyaasee vaudheh. Kureege Gender Minister Zeneesha ge huriha vagutheh heydhakurevvee ilmaa thajuribaage aleegai edhaairaaga huri massalathah hallukuravvan. Meeves zaathee kamakah noonee nuvaane. https://t.co/LYK5ij9i8t
— Ahmed Shiyam (@Shiyamaldives) October 29, 2021
މީގެ އިތުރުން އާއްމު ބައެއް މީހުންވެސް ގެންދަނީ މި މައްސަލައިގައި ވަރަށް ބޮޑަށް ސަރުކާރަށާއި އެޗްއާރުސީއެމްއަށް ފާޑު ކިޔަމުންނެވެ. ފާޑު ކިޔާ މީހުން ދެކޭ ގޮތުގައި މިއީ ސިޔާސީ ގޮތުން އެޗްއާރުސީއެމް އިން ކޮށްފައިވާ ކަމެކެވެ.
Shame on @ibusolih taking revenge cause 2 Big Shots of this Gov wants to take revenge for a personal family grudge against Zenesha (one person who put politics aside and helped so many needy children)
Guess who those two are 😡 pic.twitter.com/hbqrH76unh
— Aisthu 🎈 (@aisthu) October 28, 2021
މި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދު ވަނީ ޒެނީޝާގެ މައްޗަށް ދައުވާ ކުރުމުން އިތުރަށް ލިބޭނެ މޮޅެއް ނެތް ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ.
މައުލޫމާތު ލިބިފަިއވާ ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާއަކާ ގުޅިގެން ތަހުގީގުކުރި މައްސަލައަކަށްފަހު ދައުވާކުރުމަށް އެދިފައިވަނީ ކުރީގެ މިނިސްޓަރު ޒެނީޝާ ހިމެނޭގޮތަށް ޖުމުލަ 30 ފަރާތެއްގެ މައްޗަށެވެ.
އެޗްއާރްސީއެމުން ދައުވާކުރުމަށް އެދިފައިވާ ފަރާތްތަކުގެ ތެރޭގައި އެކި އިދާރާތަކުގެ މުވައްޒަފުންނާއި އިސްވެރިން ހިމެނޭކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ދައުވާކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޕީޖީން އެޗްއާރްސީއެމްއާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ.