އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26" ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްކޮޓްލެންޑަށް ފުރާވަޑައިގެންފި އެވެ. މިއަދު ހެނދުނު އެމަނިކުފާނު ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންނެވިއިރު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ކޮން ދުވަހަކުން ކަމެއް އަދި ނޭނގެ އެވެ.
އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26" ކުރިއަށްދާނީ މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 12 ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ.
Hon. President @MohamedNasheed, MP, Speaker of the People’s Majlis departs to #Glasgow, Scotland, to participate in the 26th United Nations Climate Change Conference (@COP26) pic.twitter.com/OAPOpsYOGk
— People's Majlis (@mvpeoplesmajlis) October 29, 2021
ރައީސް ނަޝީދަށް މިދިޔަ މެއި މަހުގެ ދިން ހަމަލާއަށް ފަހު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ފަސް މަސް ފަހުން ރާއްޖެ ވަޑައިގެންނެވުމަށްފަހު މާލޭގައި ދިރިއުޅުއްވަމުން ގެންދެވީ ދައުލަތުގެ ހަރަދުގައި ހޮޓެލް ޖެންގަ އެވެ.