އައްޑޫ ސިޓީ އަކީ ވެރިކަން ހިންގައި މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެއް ސިޓީއެވެ. މާލެ ފިޔަވާ އާބާދީ އެންމެ ބޮޑު އެއް ސިޓީއަކީވެސް އައްޑޫ ސިޓީ އެވެ.
ދެހާ އަށަކުން ފެށިގެން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީން ބޮޑު މެޖީރިޓީއެއް ނަގަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެންމެ ބޮޑު މެޖޯރިޓީޓީ ލިބިގެން ދިޔަ ސިޓީއަކީ ވެސް އައްޑޫ އެވެ. އޭގެ ފަހުން އައި 2019 ވަަނަ އަަހަރު ބޭއްވި މިހިނގާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އައްޑޫގެ ހުރިހާ ދާއިރާތައް އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރުމަށްފަހު އައްޑޫގެ މޭޔަރުގެ ވޯޓު ވެސް އެމްޑީޕީ ބޮޑު ތަފާތަކުން ކުރި ހޯދި އެވެ. މިއާއެކު ވެސް އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުންނާއި އަދި ބައެއް ފަހަރު އެމްޑީޕީގެ މެމްބަރުން ވެސް އުފައްދާ ސުވާލެއް އޮވެ އެވެ. އެއީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ދީގެން ސަރުކާރު ގެނައީމަ ވަނީ ކީއްތޯ ކުރާ ސުވާލެވެ. އެމްޑީޕީ ސަރުކާރު އަޔަސް އައްޑޫއަށް ވާ ކަމެއް ނޯންނަވާހަކަ ދައްކާއަޑު އިވެ
ކޮންމެ ސަރުކާރަކަށް ވެސް އައްޑޫ ފެންނަނީ އިންތިހާބެއް ކައިރިވީމަ ކަމަށްބުނެ ސޯޝަލް މީޑިޔާގައި އެމްޑީޕީއަށްވެސް މީހުން ރައްދުދެ އެވެ. މި ސުވާލުތަކަށް އެކި މީސްމީހުން އެކި ގޮތް ގޮތައް ޖަވާބު ދިން ކަމަށްވެސް މި ފަހަރު މި ބަލަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތަށެވެ. މީގައި އަންނަ އަހަރު އަލަށް އައްޑޫގައި ފަށާ ކަންކަމާއި މިހާރުކުރިއަށްދާ ކަންކަން ސާފުކޮށް ފެންނާން އެބަ އޮތެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އައްޑޫގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެށިގެން ކުރިއަށް ދާތީ އެކަން ކަމަށް ބޭނުންވާ ފައިސާ އާއި އަލަށް ފަށަން ބޭނުންވާ ޕްރޮޖެކްޓަތަކަށް ބޭނުންވާ ފައިސާ ހިމަނާފައިވެ އެވެ.
For more on the #Budget2022 please visit:https://t.co/RnMlKbaAwg#Budget2022#FaagathiDhiriulhumakah pic.twitter.com/PUeCCCVkXa
— Anas Abdul Sattar (@anasabdulsattar) October 31, 2021
އައްޑޫގައި އެންމެ ބޮޑު ޕްރޮޖެކްޓެއް ގޮތައް އަންނަ އަހަރު ފެނިގެންދާނެ ކަމަށް ބެލެވެނީ އައްޑޫ އަވަށް ތަކުގައި އަލަށް ބިން ހިއްކުމާއި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފެށުމުގެ އަމަލީ މަސައްކަތެވެ. އައްޑޫގައި އަލަށް 14 މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވެ އެވެ.
އަލަށްފަށާ ބައެއް މަޝްރޫއުގެ ތެރޭގައި:
• ހިތަދޫ އިކްއޮޓޯރިއަލް ހޮސްޕިޓަލްގައި މެޓިކަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމުކުރުން
• ހިތަދޫ ކަސަބާ ސްޓޭޑިއަމް ފޫޓްސަލް ދަނޑު ގާއިމުކުރުން
• މަރަދޫ ފޫޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމުކުރުން
• އައްޑޫ ޓުއަރިޒަމް ޒޯންތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން( މީދޫ، ހުޅުދޫ، މަރަދޫ، ފޭދޫ، ހިތަދޫ)
• ހިތަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުން
• ފޭދޫ ބަނދަރު އަޕްގްރޭޑްކުރުން
• ފޭދޫގައި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް ގާއިމުކުރުން
• ހިތަދޫގައި ސިންތެޓިކް ޓްރެކް ގާއިމުކުރުން
• އަރީނާ ކޮންވާޓިން ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް
• އައްޑޫ ޑިވްލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މަގުތައް ހެދުން
• މީދޫގައި މިއުޒިއަމް ގާއިމުކުރުން
• މީދޫގައި ބިލްޑިން ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް
• މަރަދޫފޭދޫގައި ދެކުނުގެ އާރޓްސް އެންޑް ކަލްޗަރ ސެންޓަރ ގާއިމުކުރުން
• ގަމުގައި ވިޔަފާރި ބަނދަރުތަކުގައި ގަސްގަހާއި ޖަނަވާރު ކަރަންޓީނުކުރުމުގެ ހިދުމަތް ގާއިމުކުރުން
އައްޑޫގައި ހިންގާ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް މިހާރުވެސް ކުރަމުންދެ އެވެ. އެގޮތުން ޕްރީ ޓެންޑައިންގގެ މަރުހަލާގައި މިހާރު އޮތް މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްތަކަށް ކްލާސްރޫމްތައް އިތުރުކުރުން ހިމެނެ އެވެ. މި މަސައްކަތުގެ އަގުތަކަށް ބަލާއިރު ވެރިރަށް މާލެ ފިޔަވާ ތައުލީމީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއް ކުރަނީ އައްޑޫ ސިޓީއަށެވެ.
ޕްރީ ޓެންޑަރިންގެ މަރުހަލާގައިވާ ބައެއް މަސައްކަތްތައް:
• ހިތަދޫގައި އަޅާ އިމިގްރޭޝަން އިމާރާތް
• ހިތަދޫގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރުން
• ހިތަދޫ ނޫރާނީ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތް
• ހިތަދޫ ސްކޫލްގެ 12 ކްލާސްރޫމްގެ އިމާރާތް
• ފޭދޫ ސްކޫލްގެ ދެ ކްލާސްރޫމާއި ހެލްތް ރޫމާއި ކައުންސިލަރ ރޫމާއި ގުދަން އިމާރާތް އެޅުން
• އެމްއެންޔޫގެ ގްރީން ހައުސް އިމާރާތްކުރުން
• ހުޅުމީދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުން
• މީދޫ އިޖްތިމާއީ މަރުކަޒު ތަރައްގީކުރުން
• ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރުން
• އައްޑޫ ސިޓީ މަގުތައް ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް
• އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުން
• ހުޅުދޫ ވިޒިޓާސް ސެންޓަރާއި އާއްމު ފާހަނާބަރިއެއް ހެދުން
• ގަން އެއާޕޯޓް އަޕްގްރޭޑްކުރުން
• ހިތަދޫ އުތުރު ފުއްޓަރުފަރާތުގެ ގިރާ ސަރަހައްދު ހިމާތްކުރުން
• ހިތަދޫ ބޭރުމަތި ގޮނޑުދޮށް ހިމާޔަތްކުރުން
އައްޑޫގައި މި ވަގުތު ހިނގަމުންދާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާވެސް ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އައްޑޫގައި މި ވަގުތުވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިނގަމުންދާއިރު މާލެ ފިޔަވާ އެންމެ ބޮޑު ހަރަދެއް އެއް ސިޓީއަކަށް ކުރަނީ އައްޑޫއަށް ސިޓީއަށެވެ. އައްޑޫގައި ފަށާ ގިނަ ޕްރޮޖެކްޓްތައް މިހާރު އޮތީ އަމަލީ މަސައްކަތްތައް ފެށުމުގެ މަރުހަލާގަ އެވެ.
އައްޑޫ ސިޓީގައި މިހާރު ހިނގަމުންދާ ބައެއް މަސައްކަތްތައް:
• ކަސްޓަމްސް ރީޖަން ހެޑް އޮފީސް އިމާރާތް އެޅުން
• އައްޑޫ ހައި ސްކޫލުގައި އަލަށް އަޅާ 12 ކްލާސްރޫމްގެ މަސައްކަތް
• ހިތަދޫ ޝަރަފުއްދީން ސްކޫލްގެ 18 ކްލާސްރޫމްގެ 3 ބުރީގެ އާ އިމާރާތް
• ހިތަދޫ ފޫޓްބޯޅަދަނޑު ތަރައްގީކުރުން
• މަރަދޫ ފޫޓުބޯޅަދަނޑު ތަރައްގީކުރުން
• މަރަދޫފޭދޫ އިންޑޯރ ވޮލީ ކޯޓް ތަރައްގީކުރުން
• އައްޑޫ ސިޓީ ޑިވްލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބިން ހިއްކުން
• ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ މަގުތައް ހެދުން
• ހުޅުދޫ ބަނދަރުހެދުން
• ހިތަދޫ ކުރީގެ ބަނދަރުގެ ބޭރު ތޮށިގަނޑު ހެދުން
• ހުޅުދޫ ގޭދޮށު މަސްފެކްޓްރީ ގާއިމުކުރުން
• ހިތަދޫ އެލްޑަރލީ ވެލްނަސް ސެންޓަރ ގާއިމުކުރުން
• ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް( މަރަދޫ، މަރަދޫފޭދޫ، މީދޫ)
• އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ޓޫރިޒަމްޒޯން ގާއިމުކުރުން
• ހުޅުދޫ ޑިޓޮކް ސެންޓަރ ގާއިމުކުރުން
• މީދޫ ގޮނޑުދޮށް ހިމާޔަތްކުރުން
• ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
• އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކުރުން
އައްޑޫ ސިޓީގައި މިހާތަނަށް ބައެއް މަޝްރޫއުތައް ވަނީ ނިމިފަ އެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ބަނދަރާއި އައްޑޫ ހުޅުދޫ އާއި މީދޫ ބޮޑު މަގުގައި ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ހިމެނެ އެވެ. އޭގެ އިތުރުން ހުޅުދޫގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް ނިމުމަކާ ކައިިރިވެފައިވާއިރު ސ.އަތޮޅު މަދަރުސާއަށް އިތުރުކުރި ކްލާސްރޫމްގެ މަސައްކަތް މިހާރުވަނީ އެއްކޮން ނިމިފަ އެވެ.
ޓެންޑަރިންގައި މިހާރު އޮތް ބައެއް މަޝްރޫއުތައް:
• ސ.އަތޮޅު މަދަރުސާއަށް ފަސް ކްލާސްރޫމް އިތުރުކުރުން
• މަރަދޫފޭދޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލަށް 12 ކްލާސްރޫމާއި ލެބެއްގެ އިތުރުން އޮފީސް އިމާރާތެއް އެޅުން
• މަރަދޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުން
• މީދޫ ފޫޓްސަލް ދަނޑު ތަރައްގީކުރުން
• ފޭދޫ ވޮލީ ކޯޓް ތަރައްގީކުރުން
• ފޭދޫ ސްޓޭޑިއަމް ލައިޓިން ސިސްޓަމާއެކު ތަރައްގީކުރުން
• މަރަދޫގައި މިސްކިތް އިމާރާތްކުރުން
• މީދޫގައި މިސްކިތް އިމާރާތްކުރުން
އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ލަސްވުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުންދަނީ މަސައްކަތްތައް މަޑުޖެހުނީ ކޮވިޑްގެ ބަލިމަޑުކަމާހުރެ ދިމާވި މައްސަލަތަކުން ކަމަށެވެ.