ދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ވިޔަފާރި ތަރައްޤީ ކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޢަމަލީ ގޮތުން ހިންގާނެ ޙަރަކާތްތައް ކަނޑައަޅުއްވައި، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލަފާއެރުވުމަށްޓަކައި، އުފައްދަވާފައިވާ "ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލް" ރައީސުލްޖުމްހޫރިއްޔާ އައްޑޫގެ ދެ ބޭފުޅަކާ އެކު އަލުން އެކުލަވާލައްވައިފި އެވެ.
މި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އައްޑޫ ދެ ބޭފުޅުންނަކީ އަންހެން ވިޔަފާރިވެރިންގެ ދާއިރާއިން ސ. މަރަދޫ ސިލްވަވިލާ ޖުވައިރިއްޔާ ވަޖުދީ (ޖުވޭ) އާއި ހިތަދޫ ނަސީމީ މަންޒިލް ރަފީއުއްދީން ނަސީމެވެ. އޭނާ އައްޔަން ކުރެއްވީ މައުލޫމާތާއި މުވާސަލާތުގެ ދާއިރާއިންނެވެ.
މި ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ފިޝަރީޒް މިނިސްޓަރު މުޙައްމަދު ޝައިނީ އާއި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި ޔޫތު މިނިސްޓަރު މުޙަންމަދު މަލީޙު ޖަމީލްގެ އިތުރުން ދަފުތަރު ނަމްބަރު 1829 މުޙަންމަދު ވަސީމް އިސްމާޢީލް މަސްވެރިކަމުގެ ދާއިރާއިން މ. އާބަގީޗާ ޞަލާޙް ޝިހާބު ޓޫރިޒަމް ދާއިރާ އިން ފުވައްމުލައް ހަނދުވަރުދޭގޭ އިސްމާޢީލް ފަޞީޙާއި ތިމާވެށީގެ ދާއިރާ އިން މ. ތަމިދޫ ލުބްނާ މޫސާ އާއި އިމާރާތް ކުރުމުގެ ދާއިރާ އިން ގ. ގަލޮޅުފެހި ޢަބްދުﷲ މުޙަންމަދާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން
ފާޠިމަތު ޝަފީޤާ ޗީފް އެގްޒެކެޓިވް އޮފިސަރު/ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޔަޒީދު މުޙަންމަދު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން/މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އެވެ.
މި ކައުންސިލުގެ ރައީސަކީ، މަޤާމުގެ ހައިސިއްޔަތުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ. ނާއިބު ރައީސަކަށް ހަމަޖެއްސެވީ ޞަލާޙް ޝިހާބެވެ.