Last Updated: November 15, 13:42
Friday, November 15, 2024
ޚަބަރު

އައްޑޫ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމުން އިތުރު ލުއިތަކެއް

އައްޑޫ ސިޓީ ކައުންސިލް އިދާރާ:

އައްޑޫސިޓީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމާއެކު އިތުރު ލުއިތަކެއް ދީފިއެވެ.

އެގޮތުން އައްޑޫގެ އަވަށްތަކުގެ މެދުގައި ފެރީ ދަތުރުތައް ކުރުމަށް ޚާއްސަ ހުއްދައެއް ނަގަން މިހާރު ނުޖެހެއެވެ. އަދި ވައިގެ މަގުން ދަތުރުކުރިޔަސް ޕީސީއާރު ހައްދަން ނުޖެހުމާއި، އީއޯސީގެ ހުއްދައެއް ހޯދަން ނުޖެހުން ހިމެނެއެވެ.

ދަތުރުފަތުރު ކުރުމަށް އިތުރު ލުޔެއް ލިބުނުނަސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް މާލެއިން އައްޑުއަށް ދަތުރުކުރާނަމަ ކަރަންޓީން ވާންޖެހޭނެއެވެ. ނަމަވެސް، އެއްވެސް ޑޯޒެއް ޖަހާފައިނެތަސް، އައްޑުއިން މާލެއަށް ދަތުރުކުރެވޭނެކަމަށް އައްޑޫ އީއޯސީއިން މައުލޫމާތު ދީފައިވެއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން އައްޑޫގެ 12 އަހަރުންމަތީގެ އާބާދީގެ 90 އިންސައްތަ މީހުންވަނީ ފުރިހަމަކޮށްފައެވެ. ނަމަވެސް އައްޑޫއިން ކޮވިޑް-19ގެ ކޭސްތައް އަދިވެސް ފެންނާތީ، އައްޑޫ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.