Last Updated: April 20, 20:39
Sunday, April 20, 2025
ދުނިޔެ

ކޮވިޑްގައި މަރުވި މީހުންގެ އަދަދު ފަސް މިލިއަނުން މައްޗަށް

ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ފަސް މިލިއަނުން މައްޗަށް އަރައިފި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާގެ 740،000 މީހުން މި ބަލީގައި މަރުވެފައިވާއިރު، މިއީ 1950 އިން ފެށިގެން މިއަދާ ހަމައަށް ކުރެވުނު ހަނގުރާމަތަކުގައި މަރުވި މީހުންގެ ޢަދަދަށްވުރެ ގިނަ ޢަދަދެކެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު، ތިންވަނައަށް އެންމެ ގިނަ އިންސާނުން މަރުވާ ބައްޔަކީ ކޮވިޑް-19 އެވެ. ލިސްޓުގެ އެއްވަނައިގައި ހިތުގެ ބަލިތައް ހިމެނޭއިރު، ދެ ވަނައިގައި ހިމެނެނީ ސްޓްރޯކެވެ.

ރާއްޖޭއިން މި ބަލީގައި 243 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 8 މީހުން މަރުވެފައިވަނީ އައްޑޫ ސިޓީންނެވެ.