Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

4 ޑިސެމްބަރުން ފެށިގެން ސްރީލަންކަންގެ ދަތުރުތައް ގަމަށް

ސްރީލަންކަން އެއާލައިންސްއިން ގަމަށް ފަތުރުވެރިން (2018) / ފޮޓޯ: އައްޑޫލައިވް

ކުރިއަށް އޮތް ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ ޤައުމީ އެއާލައިން ސްރީލަންކަން އިން އައްޑުއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ސްރީލަންކަންގެ ދަތުރުތައް އަލުން ގަމަށް ފެށުމަށް މި ނިންމީ ކޮވިޑުގެ ހާލަތާހުރެ މެދުކަނޑާލުމަށްފަހު ގައެވެ.

މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސްގެ ފަރާތުން ލިބޭނެއެވެ. އެގޮތުން ގުޅޭނެ ނަންބަރު 3333668 ނުވަތަ 7978966 އިން އިތުރު ތަފްޞީލް ލިބޭނެއެވެ. އަދި އައްޑޫގެ ޓިކެޓިންގ އެޑްރެސްއަކީ މިފްރާ، ސ.ފޭދު (ބީޗް ރޯޑް) އެވެ.

އައްޑޫ އާއި ލަންކާ ދެމެދު ކުރެވޭ ދަތުރުތަކަށް އާންމުންގެ ފަރާތުން ބޮޑު ޑިމާންޑެއް އޮވެއެވެ.