Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

މުޖުތަބާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ހއ. ދިއްދޫން އިއްޔެ ރޭ ބޮއްކުރައެއްގައި މަހަށް ގޮސް އުޅެނިކޮށް، ބޮއްކުރާ ބަންޑުން ޖަހާލައި، ގެއްލުނު ސ ހިތަދޫ ވިންސަމް އަހުމަދު މުޖުތަބާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މުޖުތަބާ، 39، މަހަށް ދިޔައީ އިތުރު ދެ މީހަކާ އެކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބިދޭސީއެކެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނީ މުޖުތަބާ ގެއްލުނު އިރު ލައިގެން ހުރީ އޮރެންޖް ކުލައިގެ ޓީޝަޓަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށް ކުރިން ބުނި ނަމަވެސް، މުޖުތަބާގެ އަނބިކަނބަލުންނާއި ހަވާލާދީ އެމްއާރުސީސީން މަޢުލޫމާތު ދޭ ގޮތުގައި މުޖުތަބާ ގެއްލުނު އިރު އޭނާ ލައިގެން ހުރީ ހުދުކުލައިގެ ގިރުވާން ހުރި އަޅިކުލާއިގެ ޓީޝާޓަކާއި މަޑު ރަތްކުލައިގެ ގޮޅިޖެހި ސޯޓެކެވެ.

މުޖުތަބާ ލައިގެން ހުރި ހެދުމާއި ގުޅޭ ގޮތުން އޭނާގެ އަންހެނުންނަށް ކުރިން މަޢުލޫމާތު ދެވިފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެކަން އެގޮތަށް ދިމާވެފައިވަނީ ހާސްވެ ކަންބޮޑުވެފައި ހުރުމުގެ ސަބަބުންކަމަށް އެމްއާރުސީސީން ބުންޏެވެ.