Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ކޮވިޑްގައި އައްޑޫ އިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑުގައި ނިޔާވި މީހެެއްގެ ޖަނާޒާ

އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު 11:46 ހާއިރު ނިޔާވެފައިވަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 87 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ އައްޑޫ އިން މި ބަލީގައި ނިޔާވި 10 ވަނަ ފަރާތެވެ. އަދި މިއީ މި ބަލީގައި ރާއްޖެ އިން ނިޔާވި 245 ވަނަ ފަރާތެވެ.

ކޮވިޑާއި ގުޅިގެން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ވެސް ހިންގަމުންނެވެ.