Last Updated: February 11, 22:38
Wednesday, February 12, 2025
ޚަބަރު

ސަމާލުވޭ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް ފޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 3 ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކުރިއަށް އޮތް 3 ދުވަހު ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށްފައިވަނީ، ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުންނެވެ.

މިފަހުންވެސް ރާހްޖެ ސަރަހައްދުގެ ވައިގަދަވެ ކަނޑުގަދަވުމުން ކަނޑުމަތީގެ ނުރައްކާތެރި އެކި ހާދިސާތައް ހިނގާފައިވެއެވެ. އެހެންކަމުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.