އިންސާނުންގެ ހަށިގަނޑަށް ބޭނުންވާ ތަފާތު ކާނާއަކީ ހަށިގަނޑުން އުފެދޭ އެއްޗެއް ނޫނެވެ.
ކާނާއަކީ ހަޑިގަނޑަށް އެތެރެ ކުރަން ޖެހޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ކާނާގެ ތޭރޭގައި ތަފާތު ވައްތަރުގެ ފައިދާ ލިބޭ އަދި ކާނާގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭ ކާނާ ހިމެނެ އެވެ.
ކޮންމެ މާނައެއްގައި ނަމަވެސް ފުރާނާ ސަލާމަތް ކުރުމަށް ހަށިގަނޑަށް ކާނާ ބޭނުން ވެ އެވެ. ބައެއް އިންސާނުންގެ ހަށިގަނޑުން ކާނާ އަވަހަށް ހަޖަމްވެ އަވަހަށް ކެއުމަށް ބޭނުން ޖެހެ އެވެ. އަދި ބައެއް އިންސާނުންގެ ހަށިގަނޑަށް ކާނާގެ ސަބަބުން ފަލަވެ ތަފާތު ބަލިތައް ޖެހެ އެވެ.
ދުނިޔޭގެ އާބާދީގެ ބޮޑު ބައަކީ ހަށިގަނޑަށް ފައިދާ ހުރި ރަގަނޅު ކާނާ އާއި ނުލާ ދިރިއުޅޭ ބައެކެވެ. އެފަދަ މީސްމީހުންނަށް ލިބެން ހުރި ކޮންމެ ކާނާއެއް ބޭނުން ކުރަން ވަނީ މަޖުބޫރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޭނުންވާ ތަފާތު ވިޓަމިންތައް މަދުވެ ބަލިމަޑުކަން ތަޙައްމަލު ކުރަން ޖެހި އުމުރު ކުރުވާ ގޮތް ދިމާވަމުން ދެ އެވެ.
ޒާމާނީ ދިރިއުޅުމަށް ދުނިޔޭގޭ އެންމެ ފަސޭހަ ގޮތް މެދުވެރިވުމުން އިންސާނުންނަށް ކާނާގެ ސަބަބުން މެދުވެރިވެފައި ވަނީ ހަށިގަނޑު ގެ ބުރަހެލިވުމެވެ. ނުވަތަ ފަލަ ވުމެވެ. ތަރައްޤީވެ ކުރި އަރާފައިވާ ޤައުމު ތަކުގައި މަގުމަތީގެ ކާނައަށް ވަނީ ދެވި ހިފާފަ އެވެ. ދިރުއުޅުމުގެ ހަލަބޮލިކަމުން ކެއުމަށް ބޭނު ކުރަން މި ޖެހެނީ ތައްޔާރީ ކާނާ އެވެ.
މިކަމުގެ ސަބަބުން ހަށިގަނޑަށް ލިބެމުންދާ ގެއްލުމުގެ ރަނގަބީލުން ދުނިޔެ ވަނީ ހޭލައްވާލާފަ އެވެ. ނަމަވެސް ދާއިމީ ހައްލެއް ނެތި މުޅި ދުނިޔެ މި ދަނީ ތައްޔާރީ ކާނާ އާ ދިމާއަށެވެ. ފަސޭހަ ގޮތް އިހްތިޔާރު ކުރުމަގަ އެވެ.
މަގުމަތީ އަގުހެޔޮ ކާނާ އަށް ދެވިހިފާ ގަދަރުބޮޑުވަމުންނެވެ. ގުޅި ލާމެހިފައިވާ ދުނިޔޭގައި ފަސޭހަ ކާ އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ކާނާގެ ސަބަބުން ހަށިގަނޑު ފަލަވުމުން ސަލާމަތް ކުރުމަށް ދުނިޔޭގެ ތަފާތު ޤައުމު ތަކުންދަނީ ދިރާސާ ކުރަމުންނެވެ. ފަލަވުމުން ދުރުހެލި ކުރުމަށް މަގުމަތީ ކެއުމުން ދުރުހެލިވުމަށް ދަނީ އިރުޝާދު ދެމުންނެވެ.
ޤައުމުތަކުގެ އިންސާނީ ވަސީލަތުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ރަނގަޅު ކާނާއަށް އަހުލުވެރިވުމަށް، ތަފާތު މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރެވެމުންނެވެ.
ތަފާތު ދިރާސާާތަކެއްގެ ނަތީޖާތައް ދުނިޔެއަށް ދަނީ ތަޢާރަފް ވަމުންނެވެ. ޢިލްމީ ގޮތުން ފުންނާބު އުސް އެތައް ސައިންސްވެރިން ދަނީ ތަފާތު ތަހުލީލް ކުރަމުންނެވެ.
ދިރިއުޅުމުގައި ޙަރަކާތް ތެރިކަން އިތުރު ކުރުމަށް ކަސްރަތާއެކު ދިރުއުޅުން އާރާސްތު ކުރުމަށް ދަނީ އިރުޝާދު ދެމުންނެވެ. ނަމަވެސް ދިރިއުޅުން ފަސޭހަވީ ވަރަކަށް ކުރަން ޖެހޭ މަސައްކަތް ދަނީ އިތުރުވަމުންނެވެ. ވަގުތުގެ ބޭނުން އޮންނަނީ ނުކުރެވިފަ އެވެ.
ހަށިގަނޑުގެ ބުރަދަން ލުއި ކުރުމަށް ފަހުގެ ދިރާސާތަކުން އާ ދިރުމެއް ވަނީ ތަޢާރަފުކޮށް ފައެވެ. ފަހުގެ ހޯދުންތަކުން ތާޒާ މޭވާއިން ވަސް ބެލުމުން ކާނާ އަށް ބޭނުންވާ މިންވަރު މަދުވެ ބަނޑުފުރޭ ކަމަށް ދައްކަ އެވެ.
މޭވާއިން ވަސް ބެލުމުން ހަށިގަނޑުގެ ތަފާތު ސެލްތަކަށް އަސަރުކޮށް ކެއުމަށް ހިތް ކިޔާ މިންވަރު މަދުވެ އެވެ. އެހެންކަމުން މޭވާގެ ވަހުން ކާނާއިން ލިބޭ ބަނޑުހައި ހޫނުކަން ފިލައި މަދު ކާނާ ހަށިގަނޑަށް ބޭނުން ކުރަން ޖެހެ އެވެ.
މިގޮތަށް ހަށިގަނޑު ފަލަ މީހުންގެ ކެއުމަށް ބަދަލުވުމުން، ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ކޭމަށް އިންޓަނެޓްގެ ސައިޓްތަކުން ފެންނަށް ހުރެ އެވެ.