Last Updated: November 24, 18:44
Sunday, November 24, 2024
ރިޕޯޓް

ވޯޓްގައި ދެ ފަރާތުގެ ޒިންމާ ބޮޑުވަނީ ކީއްވެ؟

ކުރިއަށް މިއޮތީ ކައުންސިލާއި ރައްޔިތުންގެ މަޖީހުގެ ވޯޓުގެ ދުވަސްވަރެވެ. އެންމެން ވެސް ދައްކަނީ އެއްވާހަކައެކެވެ. މިފަހަރުގެ ވޯޓްގެ ވާހަކައެވެ.

މަށައްރަގަޅީ މިވެނި މީހެކޭ، އޭނަ ކަމަކުނުދަނީ އޭނައަކީ ކުރިންވެސް އަހަރުމެނަށް ބޮޑިދީފަހުރި މީހެކޭ، ބުނެ ދައްކަމުންދާވާހަކައެވެ. އަދި މިފަހަރު އޭނައަށް ތިމަންނަ ވޯޓު ނުލާނަމޭ ބުނާ އަޑެވެ.

ވޯޓަށް ކުރިމަތިލާފައިތިބި މީހުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަ ތަކުގައި އެވެނި މީހަކަށް ވޮޓު ނުލާނަމޭ، ކުރިމަތިލީ މިޙޫންގެ ތެރޭގައި ކަމުދާ މީހަކު ނެތޭ ބުނެ ޝަކުވާ ކުރާއަޑެވެ.

އަދި ވޯޓު ހޯދުމަށް ކިޔަވައިގެން ތިބި ގާބިލް މީހުން ކުރިމަތި ނުލަނީ ކީއްވެތޯ އުފެދޭ ސުވާލުވެސް ގިނައެވެ. މިހިރީ ހައްތާވެސް ތަކުރާރުކޮށް އިވެމުންދާ އަޑުތަކެވެ. އަދި މިނޫނަސް މިފަދަ ކިތަންމެ ހާސަރުތަކެއްގެ އަޑުދަނީ ކެނޑި ނޭޅި އިވެމުންނެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް ދެފަރާތުގެ ބޮލުގައި އެޅިފައިވާ ޒިއްމާ ބަރާބަރަށް އެނގޭބާވައެވެ. އަޅުގަނޑުގެ ޖަވާބަކީ ނޫނެކެވެ.

ރައްޔިތުންގެ މި ބޮޑު މަސްއޫލިއްޔަތާއި ހަވާލުވާން، ދަމާ އެއްރޮޖަކަށް ފޫގަޅާލައިގެން ނިކުމެ މިތިބި މީހުންނަކީ ކިހާވަރަކަ މިކަންކަން ދަންނަ ބައެއްބާވައެވެ. ރައްޔިތުންނަށްޓަކައި އެވެނި މިވެނިކަމެއް ކޮށްދޭނެކަމުގެ ބުރަދަނެއް އޮއްޓަރެއް ނެތް ތާކުންތާކު ނުޖެހޭ ފޮނިވާހަކަތައް މިދައްކަނީ ކީއްވެބާވައެވެ. މީގެކުރިން ރައްޔިތުން ތިބިކަންވެސް ނުދަންނަ ބަޔަކު ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ މި ކިޔަނީ ކީކޭބާވައެވެ.

ތިމަންނަގެ މާލުގައި އެތަކެއް ބައިވަރު މުދަލާއި ފައިސާހުރި އިރުވެސް އެއިން ލޯލާރިފޮއްޗެއްވެސް ރައްޔިތަކަށް ދިއްކޮށްނުލާ ހުރެފައި މިއަދު ސަލާމް ޖަހާ ފަގީރަކުހެން ގޭދޮށަށްއައިސް މާހެޔޮމީހަކު ކަމަށް ހެދިގެން ގޭގައި ތިބި ކުޑަކުދިން ނަގާ އުރާ، އެކުދިންގެ ކޮލުގަ ކޮށާ އެކުދިންގެ ބޮލުގައި އަތްފިރުމާ، ކޮބާ ކޮންކަމެއްހޭ ދަތީ، ކުދިން ރަގަޅުހޭ އަހާ އަންބޮނޑިތެރެއިން ރުފިޔާ ބޮޑިއެއްނަގާ އެއިން ކުޑައެތިކޮޅެއް ދީފަ މިދަނީ ހިތުން އަޅުގަނޑުމެން ގަނެލައިގެން ހެއްޔެވެ.

އަޅުގަނޑުމެން ވެސް މިތިބީ ހިތުން އެމީހުންނަށް ވިކިގެންނެވެ. އިއްޒަތްތެރި ގޮޑީގެ ދަހިވެތިކަމުގައި އެވެރިންގެ އަތުގައިހުރި އަގުބޮޑު މުދާތައް ގެނެސް ގަދަކަމަށް އަޅުގަނޑުމެން ގެ ބޮލަށް ޖަހަމުން މިގެންދަނީ ކީއްވެގެންކަން އަޅުގަނޑުމެން ވިސްނަން ޖެހެއެވެ.

އެމީހުން އެކަންތައްތައް އަޅުގަނޑުމެނަށް ގަދަކަމުންނާއި ރުހުމުގައި ކޮށްދެމުން އެގެންދަނީ އަޅުގަނޑުމެންގެ ގޮޑީގެ ދަހިވެތިކަމުގައިއެވެ.، އަޅުގަނޑުމެން ވެސް ގަދައަޅާ މަސައްކަތްކުރަންވީ އަޅުގަނޑުމެން ގެ މިގޮޑީގައި ކުފޫ ހަމަވާ ގާބިލު ވެރިޔަކު ބެހެއްޓުމުގެ ދަހިވެތިކަމުގައިއެވެ.

އޭރުން ދެފަރާތުގެ ތިލަފަތްވެސް ހަމަހަމަވީއެވެ. ރަގަޅަށް ކަން ކުރެވޭނީ ދެފަރާތައްވެސް ދެފަރާތުގެ ހައްގު އެގިގެންނެވެ. ދެފަރާތުން ކަންކުރަންވީގޮތް ސާފުވެގެންނެވެ. އެހެންކަމަށްވާނަމަ ދެން ރުޖޫއަވެލާނީ ދުސްތޫރުގައި މިކަންކަން އޮތީ ކިހިނެތްތޯ ބަލާލުމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 5ވަނަ ބާބުގެ 51 ވަނަ މާއްދާގައިވަނީ "ސިޓީކައުންސިލްގެ މެމްބަރުންގެ މަސްއޫލިއްޔަތު"، "ކައުންސިލްގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރުމަކީ އެމީހުންގެ މަސްއޫލިއްޔަތެކެވެ.

އަދި ސިޓީ ކައުންސިލްގެ ކޮންމެ މެމްބަރަކުވެސް ސިޓީކައުންސިލުން އެ މެމްބަރަކާ ހަވާލުކުރާ ކޮންމެކަމެއް ސިޓީކައުންސިލް އިން ކަނޑައަޅާ އުސޫލަކުން ކުރަންވާނެއެވެ." 5 ވަނަ ބާބުގައި 20 މާއްދާގައި ވެއެވެ.

ދެން ބަލާލާނީ ގާނޫނު އަސާސީގެ 3 ވަނަ ބާބަށެވެ. މިއީ ގާނޫނު ހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލިސް) މިބާބުގެ 70 ވަނަ މާއްދާގެ "(ހ) ދިވެހިރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ."

އެމާއްދާގައިވަނީ އެފަދައިންނެވެ. މި ދެ މާއްދާއިން ކޮންމެވެސް މިންވަރަކަށް މި ވެރިންގެ ޒިއްމާ އަޅުގަނޑުމެންނަށް އެގިއްޖެކަމަށް ގަބޫލުކުރަންޖެހެއެވެ. ދެން އޮތީ މިކަން ރަގަޅަށް އެގެން ބޭނުންވާ ފަރާތްތަކުން ގާނޫނުގެ ފޮޅުވަތްތަކުން އެކަން ސާފުކުރުމެވެ.

މިއިން އަޅުގަނޑުމެންނަށް އެގޭ އެއްޗަކީ މި ގޮޑިތަކަށް ހޮވޭ މީހުންނަށް ރަށްރަށުގެ ބަނދަރު ހަދާ ނުދެވޭނެކަމާއި، ފެނާއި ނަރުދަމާ އަޅާ ނުދެވޭނެކަމާއި، އެއާރޕޯރޓް ހަދާ ނުދެވޭނެކަމެވެ. އަދި މަގުހަދާ މަގަށް ތާރުއަޅާ ނުދެވޭނެކަމެވެ.

އެކަމަކު، މަޖިލީހުގެ ގޮޑިއަށް ހޮވަންޖެހެނީ ގާނޫނު ހަދަންދަންނަ ތައުލީމީ ގާބިލު މީހުން ކަމެވެ.، ކައުންސިލް ގޮޑިއަށް ހޮވަން ޖެހެނީ ތިމާޔާއި ކައުންސިލުން ޙަވާލުކުރާ ކޮންމެ މަސައްކަތެއް ކުރެވޭނެ ފެންވަރުހުރި ތަޢުލީމީ ގާބިލުމީހަކުކަމަށެވެ.

މި ގޮޑިތަކަށް ރައްޔިތުން ހޮވާ މީހުން ހޮވަނީ ރައްޔިތުންގެ އަމިއްލަ އިޚުތިޔާރުގައި ޚުދު ރައްޔިތުންވެ. މިއީ ރައްޔިތުންގެ މާލިއްޔާއިން ބޮޑުހޭދައެއް ކޮށްގެން ރައްޔިތުންގެ ބޭނުންތަކުގައި މަސައްކަތްކުރަމަށް ރައްޔިތުން ބައިތިއްބާފައިތިބޭ ރައްޔިތުންގެ ޚާދިމުންނެވެ. އެހެންކަމަށްވާނަމަ ގޮޑިތައް ބޭނުންވެގެން އުޅޭ ވެރިންނާއި، ގޮޑިތައް އެވެރިންނަށް ދޭންތިބި ރައްޔިތުން ބާރާބަރަށް ޒިއްމާތައް އަދާކޮށްފިނަމަ ދެފަރާތައްމެ ލާބައާއި މަންފާ ކުރާނެ ކަމާމެދަކު އެއްވެސް ޝައްކެތްނެތެވެ.