Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ހޮޅުދޫ ޢަބްދުﷲ އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހޮޅުދޫ ޢަބްދުﷲ އަވަހާރަވެއްޖެ އެވެ.

އާލާސްކަންފުޅާ އުޅުއްވާތާ 15 އަހަރުފަހުން ހޮޅުދޫ ޢަބްދުﷲ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.

ހޮޅުދޫ ޢަބްދުﷲ ވަނީ ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި ލަވަޔާއި މަދަހަ ވިދާޅުވުމުގައި އެންމެ އުހުގައިވެސް އުޅުއްވި އެވެ.

އަލްމަރުހޫމް ޢަބްދުﷲ ހަސަން (ހޮޅުދޫ ޢަބްދުﷲ) ވިދާޅުވީ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ގައުމަށް އައި މިނިވަން ނޫރާނީ" އަދި "އޯ ވަޒަން" ފަދަ ލަވަތައް ފާހަގަކޮށްލެވެއެވެ.

މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި, އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.