އިންޑިއާގެ މަލިކުގެ ތާރީޚާއި މުޖުތަމަޢުއާ ގުޅޭ ޕަބްލިކް ލެކްޗަރއެއް ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މި ލެކްޗަރ ކުރިއަށް ގެންދާނީ ޖަރުމަނުގެ ޔުނިވަރސިޓީ އޮފް މިއުނިކްގެ ޕްރޮފެސަރ ޑރ.ފްރޭންކް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސާރޗް އެނަލިސްޓް ނާޖިހު ދީދީއެވެ.
މާދަމާ ރޭ 20:00 ގައި ސ.ހިތަދޫ ކެމްޕަހުގައި އޮންނަ މި ލެކްޗަރ ކުރިއަށް ގެންދާނީ ކެމްޕަހުގެ ރޫމް 9ގައެވެ.
ޕްރޮފެސަރ ޑރ.ފްރޭންކާއި ނާޖިހު ދީދީއަކީ އެބޭފުޅުންގެ ދާއިރާތަކުގެ މާހިރުންނެވެ. އަދި ރާއްޖޭގެ ތާރީޚާއި ސޯޝަލް އެންތުރޮޕޮލޮޖީ ފަދަ ކަންކަމާއި ގުޅޭގޮތުންވެސް ދިރާސާކޮށް ބައްލަވަމުން އަންނަ ބޭފުޅުންނެވެ.