Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ސީރިއާގެ 2 ރައްޔިތަކު ޝަހީދު ކޮށްލައިފި

ޔަހޫދީ އިޒްރޭލުން މެދުއިރުމަތީގައި ހިންގާ ޖަރީމާތަކުގެ ތެރެއިން ސީރިއާގެ ހޮމް ސަހަރަށް ދިން ވައިގެ ހަމަލާއެއެއްގައި އެ ގައުމުގެ 2 ރައްޔިތަކު ޝަހީދު ކޮށްލައިފިއެވެ.

ސީރިއާގެ ނޫސް އޭޖެންސީއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގައި ސީރިއާގެ 2 ރައްޔިތުން ޝަހީދު ކޮށްލާފައިވާއިރު، 7 މީހަކު ޒަހަމް ވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އިޒްރޭލުގެ ދިފާއީ ވުޒާރާއިން ވަކިއެއްޗެއް ބުނެފައި ނުވާއިރު، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިޒްރޭލުން އަންނަނީ ސީރިއާއަށް އެކިވަރުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާ ތެރޭގައި ސީރިއާގެ ވެރިރަށް ދިމިޝްގުގެ ދެކުނަށްވެސް އިޒްރޭލުން ވަނީ ހަމަލާތަކެއް ދީފައެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައަށް 10 އަހަރުވެފައިވާއިރު، އިޒްރޭލުން މި ހަނގުރާމައިގެ ތެރެއަށް ވަންނަނީ އީރާނާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިންކަމަށް އެ ގައުމުން ބުނެއެވެ.