Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

އެއާޕޯޓްގެ ސެކިއުރިޓީން ސިވިލް ސާވިސް އަށް

އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލުގެ ބޭރުގައި ސެކިއުރިޓީންނާއި އިތުރު ބަޔަކު މަޑުކޮށްލައިގެން. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަން އެއާޕޯޓްގެ ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި ގަން އެއާޕޯޓްގައި ސެކިއުރިޓީންގެ ގޮތުގައި ތިބި 50 މުވައްޒަފަކު ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެން ނަމަވެސް މި ބަދަލު ގެނައީ ކީއްވެގެން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ައެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުން އެންމެ ފުރަތަމަ ތިބީ ރީޖަނަލް އެއާޕޯޓްސްގެ ދަށުގަ އެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ގަން އެއާޕޯޓް ކޮމްޕެނީ (ޖީއޭސީއެލް) ގެ ދަށަށް އެއާޕޯޓް މުވައްޒަފުންގެ އިތުރަށް ގަމުގައި ކުރިން ހިންގަމުން ދިޔަ އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ) ގެ މުވައްޒަފުން ވެސް ވަނީ ބަދަލުކޮށްފައިވެ އެވެ.

އޭގެ ފަހުން އެ ކުންފުންޏާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން އުފައްދާފައިވާ، އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ދަށަށް ގަން އެއާޕޯޓްގެ ހުރިހާ މުވައްޒަފުން ވަނީ ބަދަލުކޮށްފަ އެވެ.

މުވައްޒަފުން އޭއައިއޭގެ ދަށަށް 2010 ގައި ބަދަލުކޮށް، 13 މަހުގެ މުސާރައިން ފައިސާ ވެސް އުނިކޮށްފައިވެ އެވެ. އޭގެ ތެރެއިން ހަތަރު މަހުގެ ފައިސާ ދީފައިވާ އިރު، ބާކީ ނުވަ މަހުގެ ފައިސާ ނުލިބިގެން މުވައްޒަފުން ދަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.