ކޮވިޑް-19 ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވާ މީހުން އެކަން ސިއްރުކުރަނީ ހެދިފައިވާ ގަވާއިދުގެ ސަބަބުންކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ދީދީ (އިބުރޭ) ވިދާޅުވެއްޖެ އެވެ.
އިބުރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓް ވާ މީހާ ފަސް ދުވަހަށް ގޭގައި މަޑުކުރުމަށްފަހު، ސާމްޕަލް ނަގައި، ނެގަޓިވް ވެއްޖެނަމަ، ކަރަންޓީނުން ދޫކުރާ އުސޫލު އުސޫލު އޮންނަނަމަ، އެކަކުވެސް އެކަން ސިއްރު ނުކުރާނެ ކަމަށެވެ. އަދި މިއީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިސްނަންޖެހޭ ކަމެއް ކަމަށް އިބުރޭ ވިދާޅުވި އެވެ.
"މިހާރު އޮންނަ ގޮތުން ނެގަޓިވް ވިޔަސް 16 ވަރަކަށް ދުވަހު ގޭބަންދުގައި ހުންނަންޖެހޭ" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވަނީ، ރައްޔިތުން ކުށްވެރިކުރާނެ ކަމެއް ނެތް ކަމަށާއި އަދި އައްޑޫގެ ކޮވިޑް ފިޔަވަޅުތައް ރޭ ވަރުގަދަ ކުރުމާއެކު އިބުރޭ ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ މާ މުހިންމު ފިޔަވަޅެއްހެން ހީނުވާކަމަށް ވިދާޅުވެފައެވެ.
ހުޅުދޫ އަދި މީދޫ އަވަށުގައި ޖުމުލަ 21 އެކްޓިވް ކޭސް މިވަގުތުވެސް އޮތް އިރު، މީދޫއިން އިއްޔެ ވެސް ހަތަރު މީހުން އަދި ހުޅުދޫއިން ފަސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.