މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރަށް މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތައް މި ދަނީ އިސްވެސްޓްކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ކ.ގާފަރުގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސެއިން ވިދާޅުވީ މިއަދުވެސް ތިން ރަށެގައި އައިސްޕްލާންޓްގެ ހިދުމަތް ފެށިގެންގޮސްފައިވާއިރު އިތުރު ރަށްތަކެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މޫދު ލޮނުން މަސްފިނިކުރާ ނިޒާމް 50 ދޯންޏެއްގައި ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހި އޭގެ ކޮންޓެރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދޭ. އެތަން ހަމަ ވީރާނެވެ ހަލާކުވެފައި ހުއްޓާ ޒަމާނީ ޓެކްނޮލީ ހުންނަ ޓަނު ހުންނަ ދުވާލަކު ޕްރޮސެސް ކުރެވޭ ޒާމާނީ ކާރުހަނާއެއް އިރާދަ ކުރެއްވިއްޔާ ފެލިވަރުގައި ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އެބަދޭ. ހަމަ އެބީދާއީން ގއ ގައި ހުންނަ އަޅުގަނޑުމެންގެ މަސް ކާރުހާނާ އެދަނީ ރަނގަޅު ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޫއްޑޫ މަސް ފެކްޓަރީ ރަނގަޅު ކުރުމަށް އެތަނުގެ މަސްފިނިކުރާ ނިޒާމާއި އެތަނުގެ ބަނދަރު އަޕްގްރޭޑް ކުރެވެމުންދަނީ މިހާރު ހުރި 2000 ޓަނުގެ ބަދަލުގައި އިތުރުން ހަތަރު ހާސްޓަނުގެ ކެޕޭސިޓީ ހުރިތަނަކަށް ހެދުމަށް ކަމަށެވެ.
"މަނިކުފާނުގެ ސަރުކާރުން މަސްވެރިންނަށް އަޅައެއްނުލައޭ މަސްވެރިންގެ އަޑެއް ނާހައޭ ބުނާ މީހުން އެ ދައްކަނީ ކޮން ވާހަކައެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. ހަމަގައިމުވެސް އަޅުގަނޑަކަށް ނޭނގެ. އެމީހުން އަޅުގަނޑާ ބައްދަލު ކުރަން އަންނަ ކޮންމެ ފަހަރަކު އެމީހުން ބޭނުންވާ މައުލޫމާތެއް ދެން،" ރައީސްއާ މުހާތަބު ކުރައްވުން ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ކަންތައްތަކެއް ކުރެވެމުންދިޔަ ނަމަވެސް މަތީ އަގު ލިބޭ ގޮތައް އެކްސްޕޯޓް ކުރެވެނީ ބަނާ މަހުގެ ނިސްބަތުން މަދު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކަން ހައްލުކުރުމަށްވެސް މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.