ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ އޮފީސް ހިންގުމަށް ރައްޔިތުންގެ ފައިސާއިންދޭ 175،000 ރުފިޔާ ހަރަދު ކުރާ ގޮތުގެ ތަފްސީލު އެ ބޭފުޅުންގެ އޮފީސްތަކަށް ހުށަހަޅައިގެން ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައި އާއްމު ކުރަމުން އަންނަ "ޒިއްމާދާރު ގެ ވެރިޔާ އައިމަން ލަޠީފު ވަނީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން އެބޭފުޅުންގެ އޮފީސް ހިންގުމަށް ދޭ 175،000 ރުފިޔާގެ ތަފްސީލު ހޯދުމަށް ހުށައަޅާފައެެވެ. އައިމަންގެ ހުށަހެލުމަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީން ދެއްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އޮފީސް އެޑްރެސް އާއި ގުޅޭނެ ނަންބަރުއެވެ. އަދި ވިދާޅުވެފައިވަނީ އެ ބޭފުޅުންގެ އޮފީސްތަކަށް ހުށައަޅައިގެން މައުލޫމާތު ހޯދުމަށެވެ.
Requested for details from @MoFmv about the offices of former presidents and how they each use the MVR 175,000 they get every month to run said office
The ministry gave me the contact details of the offices and told me to ask them myself – so I shall pic.twitter.com/a0cUastDPW
— Piko (@AimonLatheef) December 11, 2021
ފިނޭންސްްއިން މައުލޫމާތު ދިން ގޮތުގައި ރައީސް މައުމޫންގެ އޮފީސް ހުންނަވަނީ ހ. ފުލިދޫގެ 5 ވަނަ ފަންގިފިލާގައެެވެ. ކުރީގެ ރައީސް އަދި މަޖްލިސްގެ ރައިސް މުހައްމަދު ނަޝީދުގެ އޮފީސް ހުންނަވަނީ އެމަނިކުފާންގެ ގެކޮޅު ގ. ކެނެރީގޭގައެވެ. އަދި ޑރ. ވަހީދުގެ އޮފީސް ހުންނަނީ މ. މެޖެންޓާ 7 ވަނަ ފަންގިފިލާގައެވެ.
އައިމަން ވިދާޅުވީ، އެ ބޭފުޅުންގެ އޮފީސްތަކަށް ހުށަހަޅައިގެން އޮފީސް ހަރަދުގެ ތަފްސީލް ހޯއްދަވާނެކަމަށެވެ.
ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް އޮފީސް ހިންގެވުމަށް ބޮޑު ހަރަދެއް ރައްޔިތުންގެ ފައިސާއިން ކުރާ އިރު ކުރީގެ ރައީސުންނަށް ބޮޑު އިނާޔަތެއްވެސް ލިބިވަޑައިގަންނަވައެވެ.