Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ

ކޮވިޑު ޖެހިން މަރުވި މީހަކު ވަޅުލަނީ، ފޮޓޯ: އީޓީ

ބ. އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

އޭދަފުށީ ހޮސްޕިޓަލުން ބުނީ އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 88 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެއީ ފޮންފަނަށް ނިސްބަތްވާ މީހެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 93064 މީހަކަށް ކޮވިޑު ޖެހިފައިވާ އިރު މި ބަކލީގައި 258 މީހަކު ވަނީ މަރުވެފައެވެ، އަދި އޭދަފުށީ ކޮވިޑު ފެސިލިޓީން މިހާތަނަށް 5 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.