Last Updated: February 8, 06:01
Saturday, February 8, 2025
ޚަބަރު

މެމްބަރު ހުސައިންގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަވި ހުސައިން ވަހީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

ހުސައިން އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. އާލާސްކަންފުޅުގެ ސަބަބުން ހުސައިން މިދިޔަ އަހަރުގެ ބޮޑު ބައެއްވެސް ހޭދަކުރައްވާފައިވަނީ ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށެވެ.

ހުސައިން ވަހީދު ވަނީ މި ހިނގާ 19 ވަނަ ދައުރުގެ އިތުރުން 17 ވަނަ މަޖިލީހުގައި ވެސް ހުސައިން ވަނީ ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާފައެވެ.

މެމްބަރު ހުސައިން ވަހީދު އަވަހާރަވިއިރު އަތްބަކާއި ތިން ބޭފުޅުން އެބަތިއްބެވިއެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑި އަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ.