އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގައި އޮތް އިންޑިޔާގެ ދައުރާއި އިންޑިޔާ ކަނޑުގައި އޮތް ދައުރަކީ ދިވެހިންނަށް އޮޅޭނެ އެއްޗެއް ނޫން ކަމަށެވެ.
Dhivehi Raajjeygai oiy India ge dhauru adhi India kan’dugai oiy Dhivehi Raajjeyge dhauru akee Dhivehinnah olheyne dhaureh noon. India out kamah nubuneveyne
— Mohamed Nasheed (@MohamedNasheed) December 17, 2021
އިންޑިޔާ އައުޓް ކަމަކަށް ނުބުނެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓެއް ކުރައްވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ހިންގާ ހަރަކާތް ފުޅާކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމަނިކުފާނު އިއްޔެ ވަނީ ކ.އަތޮޅުގެ ދެ ރަަށަކަށް ވަޑައިގެން އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ.