Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

މީދޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ

އައްޑޫ މީދޫ ބަނދަރު ސަރަހައްދު: ފޮޓޯ - މާހިލް ހަސަން ދީދީ

އައްޑޫ ސިޓީ މީދޫ އަވަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވެއްޖެ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެންމެ ފަހަކަށް ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީދޫ އާއި މަރަދޫފޭދޫ އަވަށުން ކޮވިޑް ޖެހުނު އެންމެން ވަނީ ރަނގަޅުވެފަ އެވެ.

އައްޑޫ އީއޯސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އައްޑޫގައި ކޮވިޑް-19 ގެ އެންމެ ގިނަ އެކްޓިވް ކޭސްތައް އުޅެނީ ހިތަދޫ އަވަށުގައެވެ. އެގޮތުން ހިތަދޫގައި 77 އެކްޓިވް ކޭސް އުޅޭއިރު، 7 ކޭހާއެކު ދެވަނަ އަށް އެންމެ އެކްޓިވް ކޭސް އުޅެނީ މަރަދޫގައެވެ. އައްޑޫގެ އެހެން އަވަށްތަކަށް ބަލާލާއިރު، ހުޅުދޫ އަވަށުގައި ބަލިން ފަސޭހަނުވާ 8 މީހުން އެބައުޅެ އެވެ. އަދި އައްޑޫ ގަމުގައި ޕޮޒިޓިވް 1 ކޭސް އެބައުޅޭ ކަމަށް އީއޯސީ އިން ބުނެއެވެ. މިއާއެކު، އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 95 ގައެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެކަކު ވަނީ އެޑްމިޓް ކޮށްފައެވެ. މި ބަލީގައި އައްޑޫއިން 12 މީހަކު މަރުވެފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 ސާމްޕަލް އައްޑޫއިން ނަގައެވެ.