Last Updated: May 8, 11:38
Thursday, May 8, 2025
ޚަބަރު

އައްޑޫގެ ޓުއަރިޒަމަށް ކުރި އުންމީދު ފެނަށް ދާތީ ސާލިހާގެ ކަންބޮޑުވުން

އައްޑޫގެ ޓުއަރިޒަމަށް ކުރި އުންމީދު، ނާއުންމީދަށް ބަދަލުވެފައިވާތީ އައްޑޫ މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ސާލިހާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ އައްޑޫ ސިޓީގެ ޓޫރިޒަމަށް ކުރި އުންމީދު ނާއުންމީދަކަށް ބަދަލުވެފައިވާ ކަމަށް، އައްޑޫ ކެނެރީފް ރިސޯޓު ހުޅުވައި އެތަން އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވާ ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ސާލިހާ ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަށް ދޮގު އުންމީދުތައް ދިނުން ސަރުކާރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ޗާޓަރު ތިން ފްލައިޓް އެތެރޭގެ އުދުހުންތަކަށް ފަސޭހަ ގަޑިއެއް ދިނުމަށް ވަލީދު އެދުނު އެދުމަށް ސަރުކާރުން އެއްބާރުލުން ނުދީ އައްޑޫގެ ޓުއަރިޒަމް ކުރިއަރާނެކަމަށް ގަބޫލުކުރަނީ ކީއްވެތޯ ސާލިހާ ވަނީ ސުވާލު އުފައްދާފައެވެ.

އައްޑޫގެ ކޮންމެ އަވަށެއްގައި ޓުއަރިޒަމް ޒޯނު އެޅުމުގެ ބޭނުމަކީ ކޮބާ؟ އައްޑޫގެ ޓުއަރިޒަމަށް އިންވެސްޓް ކުރަން ޝައުގުވެރިކަން ހުންނާނީ ކާކު؟ ސާލިހާ ވިދާޅުވިއެވެ.

މީގެއިތުރުން ސާލިހާ ވަނީ، މާލެއިން ގަމަށް ފަތުރުވެރިން ފަސޭހައިން ގެނެވޭނެ ގޮތެއް ހައްދަވައިދެއްވުން އެދި މޭޔަރަށާއި އައްޑޫގެ އެމްޕީންނަށް ގޮވާލައްވާފައެވެ.

ސަރުކާރުގެ އެއްބާރުލުން ނުލިބިގެން އައްޑޫގެ ޓޫރިޒަމަށް އަނެއްކާވެސް ހުއްޓުމެއް އައިސްފައިވާއިރު އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި 8000 ވަޒީފާ އާއި އެކު 8000 ޓޫރިސްޓު އެނދު ތަރައްޤީ ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.

މީގެއިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވި، ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު ފަސް ފްލައިޓު ފަސް އަހަރު ދުވަހުގެ ތެރޭ ޖެއްސުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.

އައްޑޫގައި ހިންގަމުންދިޔަ ދެ ރިސޯޓު ކަމަށްވާ ކެނަރީފް އަދި ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައިވާއިރު ހަންކެޑެގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފައްކާ ކުރަން ނިންމާފައިވާކަން ސަރުކާރުން ދާދިފަހުން ވަނީ އިއުލާންކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ 3ކޮމެންޓް

ވާނެ އެއްކަމެވެސް ނޯންނާނެ

ކަންބޮޑުވިޔަކަސް ވާނެ އެއްކަމެވެސް ނޯންނާނެ ނުކުމެ ފުންޑާލަބަ!

ސާބޭ

ޢައްޑޫ މީހުންގެ ސިކުނޑި ހަމަޖެހޭތަ؟. މިއަދާއި ހަމައަށް އައި އިރުވެސް އެމީހުންގެ ސިކުނޑިން ނުވިސްނައޭ!! ވަޢްދުވިޔަސް ކުރެވޭނެ ކަންތައްތަކާއި، ނުކުރެވޭނެ ކަންތައްތަކާއި ދޭތެރޭ ނުވިސްނައޭ!! ޢިލްމާއި ހިލްމް ، ތަޖްރިބާ ހުންނަ މީހުންނަށް ކަންކަން ކުރެވޭނީ!! އަދުގެ ސަރުކާރުގައި ނެތް އެ ފެންވަރެއް!! އެ ފަންވަރެއް!! މިކަން އައްޑޫމީހުންނަށް ނޭގޭހާ ހިދަކު ތިޔަގޮތަށް އަވާ މެންދުރެއްގައި ތިބެން ޖެހޭނީ!!

ރައްޔިތުންގެ ސައްލާ

އައްޑުއަށް ހެވަށް އައްޑޫ ރައްޔިތުން އެދޭނަމަ އަބަދު މިއުޅޭ ބައިގަނޑަށް އަތޮޅު ވިއްކާ ނުލާނެ. ކޮންމެ ފަހަރަކު ވެސް ލަނޑު ދެނީ ރައްޔިތުން ގުނބޯ ހައްދާފަ. ދެންވެސް އަތްޖަހާ. މިއުޅޭ މީހާ ދައުރަށް ނަގާ ކޮނޑަށް ލައިގެން ދުވެނަށާނެ. މިއޮތީ އެދުވަސް އައިސް ޖެހިފަ. އައްޑޫ ރައްޔިތުންގެ ވާހަކަ ދެން ވަރަށް ބޮޑަށް އިވޭނެ. ވ. ހިތާމަ ކުރާނެ ކަރުނަ އަޅާނެ އަތޮޅުގެ ހާލަތު ރަންގަޅު ނުވާތީ. ރިސޯޓްތައް ނުހުޅުވޭތީ. ގުނބޯ ހެދިފަތިބޭ.