Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އައްޑޫ މޮނިޓަރިންގެ ހާލަތުން ނަގައިދޭން އެދިއްޖެ

އައްޑޫ މީދޫ ބަނދަރު ސަރަހައްދު: ފޮޓޯ - މާހިލް ހަސަން ދީދީ

އައްޑޫ ސިޓީ މޮނިޓަރިންގ ހާލަތުން ނެގުމަށް އެދި އައްޑޫ ޓާސްކް ފޯސްގެ ފަރާތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ދަންނަވާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވުނީ 28 އޮގަސްޓުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައްޑޫގެ ކޮވިޑް ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަދިވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. ނަމަވެސް އައްޑޫގެ ކޮވިޑް ހާލަތަށް އަންނަ ރަނގަޅު ބަދަލުތަކަށް ރިއާޔަތްކޮށް، އައްޑޫ ޓާސްކް ފޯހުން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުން ނެގުމަށް އެޗްޕީއޭ ގައި ދަންނަވާފައި ކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެ އޭޖެންސީގެ ފަރާތުން އެއްވެސް އަޕްޑޭޓެއް ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.

އައްޑޫގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްނުވުމުގެ ސަބަބުން ނޮވެމްބަރު 28 ގައި ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން މަނާކޮށް، ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުން މަނާކުރި އެވެ.