Last Updated: September 21, 05:54
Saturday, September 21, 2024
ޚަބަރު

އައްޑޫ އިން އެއްވެސް މީހަކު މިއަދު ޕޮޒިޓިވެއް ނުވޭ

އައްޑޫ ސިޓީން ކޮވިޑް-19 އަށް މިއަދު އެންމެ މީހަކުވެސް ޕޮޒިޓިވް ނުވާކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

މިއީ ފާއިތުވި 4 މަހާއި 10 ދުވަހުގެ ތެރޭގައި އައްޑޫއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވާ ފުރަތަމަ ފަހަރެވެ.

އައްޑޫ އީއޯސީގެ ތަފާސްހިސާބުތައް ދައްކާގޮތުން އައްޑޫގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް 53 ކޭސް އެބައުޅެ އެވެ. އޭގެ ތެރެއިން ހިތަދޫގައި 44 އެކްޓިވް ކޭސް، މަރަދޫގައި 5 އެކްޓިވް ކޭސް، ފޭދޫގައި 2 އެކްޓިވް ކޭސް އަދި މީދޫގައި 2 އެކްޓިވް ކޭސް ހިމެނެއެވެ. މީގެއިތުރުން ހުޅުދޫ، މަރަދޫފޭދޫ އަދި ގަމުގައި ކޮވިޑް-19ގެ އެންމެ ކޭހެއްވެސް ނޫޅޭކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19ގެ ސަބަބުން އައްޑޫއިން 12 މީހުން ވަނީ ނިޔާވެފައެވެ. އައްޑޫއިން ޖުމުލަ 2937 މީހުންނަށް ކޮވިޑް-19 ޖެހުނުއިރު، އޭގެ ތެރެއިން 2872 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ.