Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ޑިމާންޑާ އެއްވަރަށް ސަޕްލައިކުރަން މަސައްކަތް އެބަކުރަން: މޯލްޑިވިއަން

ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކަށް ޖާގަ ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަންގެ ސޭލްސް މެނޭޖާ ރަފާހާ އިބްރާހިމް ވިދާޅުވީ، މި ދުވަސްކޮޅަކީ ޕީކް ސީޒަނަށްވުމުން ރާއްޖެއިން ބޭރުން ވެސް ވަރަށް ގިނަ މީހުން ރާއްޖެއަށް އެބަ އަންނަ ކަމަށެވެ. އަދި ޑޮމެސްޓިކް ދަތުރުތަކަށް ޖާގަ ނުލިބެނީ ސީޒަންގެ ގޮތުންކަމަށް ރަފާހާ ވިދާޅުވިއެވެ.

"ޑިމާންޑާ އެއްވަރަށް ސަޕްލައިކުރަން މެނޭޖްމެންޓުން މަސައްކަތް ކުރަމުންދަނީ ފްލައިޓްތައް އިތުރު ކުރަން ވެސް މަޝްވަރާ ކުރަމުން ދަނީ."، ރަފާހާ ވިދާޅުވިއެވެ.

ސްކޫލް ބަންދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވެފައިވާއިރު، މޯލްޑިވިއަންގެ ބައެއް ބޯޓުތައް ވަނީ ސާވިސްކުރުމަށް ގްރައުންޑް ކޮށްފައެވެ. މީގެ ސަބަބުން އެހެން އެއާލައިންތަކުގެ ބޯޓުތަށް ޗާޓަރަށް ނަގައިގެން ޑިމާންޑް ފޫބެއްދުމަށް މޯލްޑިވިއަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގަމުން މާލެއަށް 1333 ރުފިޔާއަށް މޯލްޑިވިއަނުން ދަތުރުތައް ކުރާއިރު، އެ ކުންފުންޏަށް ނިމިދިޔަ ދެވަނަ ކުއާޓަރުގައި 99.6 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާކަން ފާހަގަކުރެވެއެވެ.