Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ތިން ސްކޫލަކަށް ނަޝީދުގެ ފަރާތުން ސަހީހު މުސްލިމްގެ ތަރުޖަމާ

ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފަރާތުން ސަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ ހަދިޔާކޮށްފި އެވެ.

ނަޝީދު އެ ސްކޫލްތަކަށް ހަދިޔާ ކޮށްފައިވަނީ ސަހީހު މުސްލިމްގެ ދިވެހި ތަރުޖަމާއާއި ޝަރަހައިގެ ދިހަވަނަ އަދި އެގާރަވަނަ ބައެވެ.

މި ދެ ފޮތް ރައީސް ނަޝީދުގެ ފަރާތުން އެ ސްކޫލްތަކާ ހަވާލުކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފެވެ.

އިމާމު މުސްލިމްގެ ޞަހީހް މުސްލިމް އަސްލަކަށް ބަލައިގެން އެކުލަވާލައާފައިވާ "ސަހީހް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް" ހަދިޔާ ކޮށްފައިވަނީ އެ ސިޓީގެ ޖަލާލުއްދީން ސްކޫލް، ހދ.އަތޮޅު ތަޢުލީމީ މަރުކަޒު އަދި އަފީފުއްދީން ސްކޫލަށެވެ.