Last Updated: December 26, 11:09
Thursday, December 26, 2024
ޚަބަރު

އަރަބި އިސްލާމީ ތަޢުލީމު ރާއްޖެ އަށް މުހިއްމު: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: މިހާރު

އަރަބި އިސްލާމީ ތަޢުލީމު ރާއްޖެ އަށް ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއާ ބައްދަލުކުރުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

މައުމޫން ވިދާޅުވީ އެ ސްކޫލްގެ ޕީޓީއޭއާ ބައްދަލުކުރުމަކީ ލިބުނު އުފަލެއް ކަމަށާއި އެ ސްކޫލަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅަމުންގެންދާ ކަމަށް އެބޭފުޅުން ހާމަކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެކަމާ އަޅުގަނޑު އުފާކުރަން. އަރަބި އިސްލާމީ ތަޢުލީމު ރާއްޖެއަށް ވަރަށް މުހިންމު" މައުމޫން ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ އެ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނަމަވެސް އެކަމާ އެ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންތަކެއް ވަނީ ދެކޮޅު ހަދާފަ އެވެ.

އެއާއެކު މިހާރު ސަރުކާރުން ނިންމާފައިވަނީ ސްކޫލްގެ ދަރިވަރުންނަށް ދާއިމީ އިމާރާތެއް ހަމަޖެހެން ދެން ފޮރިން މިނިސްޓްރީ ކުރީން ހިންގި އިމާރާތުގައި އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފަ އެވެ.