އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ ޓިކެޓަށް ވާދަ ކުރާ މުހައްމަދު އަކްރަމް (އަކޫ) ގެ ކެމްޕޭން ލޯންޗް ކުރުން މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިރޭ 8:30 ގައި ފޭދޫ ބަނދަރުމަތީގައި ހުންނަ އެމްޑީޕީ ސްޓޭގައި ބާއްވާ މި ހަފުލާ އަށް ފޭދޫގެ ވީހާ ވެސް ގިނަ ބަޔަކަށް ދައުވަތު އަރުވާ ކަމަށް އަކޫ ބުންޏެވެ.
ރައްޔިތުްނހެ މަލިހޫގެ ފޭދޫ ދާއިރާގެ ޓިކެޓަށް އެމްޑީޕީން އަކޫ އާ އެކު އަށް މީހަކު ވާދަ ކުރެ އެވެ.
އޭގެ ތެރޭގައި މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރައްވާ އަލްހާން ފަހުމީ ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ގެ އިތުރުން ފޭދޫ ސިވިލައިޒޭޝަން ހައުސް މުހައްމަދު ނިހާދާއި ފޭދޫ ހަނދުވަރީގޭ އައިޝަތު ރަޝީދު އާއި ފޭދޫ ބީޗްވިލާ މުހައްމަދު ސައީދު (މުއްލާ)، އެމްޑީޕީ އައްޑޫ ރައީސް ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމޢަި ފޭދޫ ޑިއަރެސްޓް އަބްދުﷲ ޝަރީފާއި ފޭދޫ ފިނިފެންމާގޭ ފޭދޫ ސްވީޓްޕީ އަހުމަދު މުރުތަޟާ ހިމެނެ އެވެ.
ައެމްޑީޕީގެ ޕްރައިމެރީ އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.