ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް އެޗްޑީސީއިން ނިންމި ނިންމުމާމެދު ކަންބޮޑުވާކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި އެކަން ކުށްވެރިކޮށް ކުށްވެރިކޮށްފައިވެ އެވެ.
" ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1603.07(އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް)
އަކަފޫޓާއި 2,633.93 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 (ފަސްދޮޅަސް)
ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުވާލި ހުޅުވާލުމަކީ މާލެ ސިޓީކައުންސިލުން
ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައި
ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތިވިއްކަން ނިންމީ ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ ވަރަށްގިނަ އާންމު ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުޞަތުނުދީ ކަމަށެވެ. ގޯތިދޫކުރުމައި ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލުވެސް ހޯދާފައިނުވާއިރު، އެޗްޑީސީއިންވެސް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުންވެސް ސިޓީ ކައުންސިލާ އެކު އެފަދަ އެއްވެސް މަޝްވަރާއެއްވެސް ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
"މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި
ލިބޭނެގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި ހުޅުމާލެ
ދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފްކަމެއް ކަމުގައި ދެންނެވީމެވެ." އެ ސިޓީގައި އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެގައިވަނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް ޢަމަލުކުރުން މަޑު ޖައްސާލުމަށް ސިވިލް ކޯޓުން އެ ކައުންސިލަށް އަންގާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައިވާ ކަމަށެވެ.
" ހުޅުމާލެ ބިމުގެ ވެރިފަރާތާއިމެދު ވަކިގޮތެއްނުނިމި ކޯޓު މަރުޙަލާގައި އޮއްވައި އެޗްޑީސީއިން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް
ނިންމި ނިންމުމަކީ ޤާނޫނީ ގޮތުންވެސް އެޗްޑީސީއަށް ކުރެވޭނެ ކަމެއްނޫންކަމުގައި ދެކެމެވެ. ވީމާ ސަރުކާރުގެ މި ސިޔާސަތު ބަދަލުކުރުމަށް
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ."
ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތިދޫކުރުމަށް ނިންމި ނިންމުމާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުން ވެސް ދަނީ އެކަމަށް ބަސްވިދާޅުވަމުންނެވެ.