މިހާރުގެ ސަރުކާރު އައިފަހުން 1.8 ޓަނުގެ މަސްތުވާތަކެތީގެ ނައްތާލެއްވިއްޖެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޑްރަގު ޓްރެފިކިންގެ މައްސަލަތަކާއި އެހެނިހެން މައްސަލަތަކުގައި އަތުލައިގެންފައިވާ މައްސްތުވާތަކެތި މިއަދު ވަނީ ނައްތާލާފަ އެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ނައްތާލާފައިވަނީ 314.82 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.
Miadhu natthaalevunu 314.82kg aaeku mi sarukaaru aifahun 1.8 tons masthuvaathakethi nathaalevijje.Mee magumathee agun MVR 1.8 billion ge masthuvaathakethi. Masthuvaathaketheege supply reduction mi minvarah haluvi kurevunee avatteri adhi ekuveri gaunuthakuge eheebodukoh libeythee.
— Imran Abdulla (@ShimranAb) December 28, 2021
މިއަަހަރު ނައްތާލެވުނު މަސްތުވާތަކެތީގެ ޖުމްލަ އަގު 1.8 ބިލިއަނަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މިންވަރު ހަލުވި ކުރެވިފައިވަނީ އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގެ އެއްބާރުލުން ލިބިގެންނެވެ.
"ގައުމަށް ދިމާވެފައިވާ މި ފަދަ ވަބާއެއް ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓުވަން ސިޔާސީ އެކި އެކި ޝިއާރުތަކުގެ ދަށުން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބަލައިގަނެވިގެންވާނެ ކަމެއް ވެސް ނޫން،" އިމްރާން ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ސިޔާސީ ވަކި ފަރާތެއް ނެތި މިނިސްޓަރު އިމްރާންގެ ބަހުގެ ހަމަލާ ރައްދުވަނީ އިދިކޮޅުން އިންޑިޔާ ސިފައިން ބޭރުކުރުމަށްކަމަށްބުނެ ކުރަމުންދާ ކެމްޕެއިނާ ކަމަށް ބެލެވެ އެވެ.