މޭވާތަކުގެ ތެރެއިން ވެސް ގްރޭޕް ފްރުޓަކީ ވަރަށް ފާހަގަކޮށްލެވޭ އެއްޗެކެވެ.
ގްރޭފް ފުރުޓުގައި ހިމެނޭ ސަރުބީ ވިރުވައިދޭ މާއްދާތައް ސައިންސްވެރިންނަށް ހޯދުނީ ދާދި ފަހުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި މޭވާގައި ފްލެވްނޮއިޑް ނަރިންގިން ކިޔާ މާއްދާއެއް އެކުލެވެ އެވެ.
މިއީ ސަރުބީ ވިރުވާލުމުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ. މި މާއްދާ އިން ލިވާގެ މަސައްކަތް އަވަސްކޮށްދެ އެވެ. އެހެންކަމުން ގަވާއިދުން ގްރޭޕްފުރުޓް ކެއުމުން ހަށިގަނޑުގެ ބައްޓަން ރީތިކޮށް ބެހެއްޓުމުގައި އެހީތެރިވެދޭނެ އެވެ.
ގްރޭޕްފުރުޓުގައި ކޮންމެވެސް ވަރެއްގެ ހިތި ރަހައެއް ހުރި ނަމަވެސް އޭގެ ފައިދާ އެންމެ ރަނގަޅަށް ލިބޭނީ އޭގެ ހިތި ރަހަ ލާ ބައި ވަކިނުކޮށް މޭވާއާ އެއްކޮށް ކެއުމުން ކަމަށްވެ އެވެ.
ނަމަވެސް ހަނދާން ކުރަންވި ކަމަކީ ހުތް މޭވާގައި އެސިޑް ގިނަވާނެ ކަމެވެ. އެހެންކަމުން ގޮހޮރުގައި ވައިހެދި ބަނޑު ކައްކާ ހެދުމުގެ ފުރުސަތު މިފަދަ މޭވާ އިން އިތުރު ވާނެ އެވެ.
އެހެންކަމުން ވައިގެ އުނދަގޫ ބޮޑު މީހުންނަށް ބޮޑަށް ރަނގަޅީ ގްރޭޕްފުރުޓުން ޖޫސް ހަދައިގެން ބުއިމެވެ. އަދި ކެއުމުގެ ކުޑަ ވަގުތުކޮޅެއް ފަހުން މި ޖޫސް ބުއިމުން ފައިދާ އިތުރު ވާނެ އެވެ.