ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ ދެ ކަނބަލުން ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. މި ދަތުރުޅަކީ ހަތަރު ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ ދެ ވަނަ ދުވަހުއެވެ.