Last Updated: November 24, 23:51
Sunday, November 24, 2024

ޑްރަގާ އެކު ހުޅުދޫން މީހަކު ހައްޔަރުކޮށްފި

ހުޅުދޫ ބޮޑު މަގުން މީހަކު ހިނގާފައި ދަނީ: ރޭ މަސްތުވާއެއްޗާ އެކު މީހަކު ހައްޔަރު ކުރި. ފޮޓޯ/ އައްޑޫ ލައިވް

މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ އެކު ސ. ހުޅުދޫން ޒުވާނަކު ރޭ ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ސަންފްލާވާ އަހުމަދު އިފްޒާލް، 24، އެވެ. އޭނާ ހައްޔަރު ކުރީ ރޭ ދަންވަރު 3:30 އެހާކަށްހާ އިރު ހުުޅުދޫ މަގުމަތިންނެވެ.

އަދި އިފްޒާލްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 14 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބަންދުގެ މުއްދަތު އިތުރު ކުރަން ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން ބަންދުގެ މުއްދަތު 15 ދުވަހަށް ކޯޓުން ވަނީ ޖަހައި ދީފަ އެވެ.