ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ސ. ފޭދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަ ކުރައްވާ އަހުމަދު މިރުޒާދު (މިރާ) ގެ ކެމްޕޭން ލޯންޗް ކުރުމުގެ ހަފުލާ މިރޭ ބާއްވާ ގޮތަށް ހަމަޖަައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވާ މިރާގެ ކެމްޕޭން ލޯންޗް ކުރުން އޮންނާނީ އޭނާގެ ރަސްމީ ކެމްޕޭން ޖަގަހައިގަ އެވެ. މި ޖަހަގަ ހުންނަނީ ފޭދޫ ޕޯސްޓް އޮފީސް ގޯޅިކަންމަތީގަ އެވެ.
ރަސްމިއްޔާތު އޮންނާނީ މިރޭ 9:00 ޖަހާ އިރު އެވެ. އެހެންވެ މި ރަސްމިއްޔާތަށް އެމްޑީޕީގެ ސަަޕޯޓަރުންނާއި ފޭދޫގެ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށް މިރާގެ ކެމްޕޭން އޮފީހުން ބުންޏެވެ.
އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ޕްރައިމެރީ އޮންނާނީ މި މަހުގެ 24 ގަ އެވެ.
ފޭދޫން އެމްޑީޕީ ޓިކެޓަށް ނުވަ ކެންޑިޑޭޓަކު ވާދަ ކުރެ އެވެ.
މީގެ ތެރޭގައި ހިމެނެނީ މިހާރު ފޭދޫ ދާއިރާގެ ގޮނޑި ފުރުއްވާ އަލްހާން ފަހުމީގެ އިތުރުން ފޭދޫ ސިވިލައިޒޭޝަން ހައުސް މުހައްމަދު ނިހާދާއި ފޭދޫ ހަނދުވަރީގޭ އައިޝަތު ރަޝީދު އާއި ފޭދޫ ބީޗްވިލާ މުހައްމަދު ސައީދު (މުއްލާ)، އެމްޑީޕީ އައްޑޫ ރައީސް ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމޢަި ފޭދޫ ޑިއަރެސްޓް އަބްދުﷲ ޝަރީފާއި ފޭދޫ ފިނިފެންމާގޭ ފޭދޫ ސްވީޓްޕީ އަހުމަދު މުރުތަޟާ އެވެ.