Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ޗޭނުން މީދު އަށް ގަސް ހަދިޔާ ކުރަނީ

ސ. މީދު އަށް ޔޫއެންޑީޕީގެ އެހީގައި ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މީދޫ ޗޭނު ޖަމިއްޔާ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޔޫއެންޑީޕީގެ އެޗްޓީޕީ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޕޮރޮގްރާމެއް ކަމަށް ޗޭނުން ބުންޏެވެ.

މި ޕްރޮގްރާމްގައި މީދޫގެ ހުރިހާ ގެތަކަށް ފައިދާ ހުރި ތަފާތު ބާވަތުގެ ގަސް ހަދިޔާ ކުރުމުގެ އިތުރަށް އިތުރުން ފާހަގަކޮށްލެވޭ 10 ދަނޑުވެރިންނަށާއި ގޭގައި ގަސް އިންދައި ހައްދާ 10 ފަރާތަކަށް ގަސް ހަދިޔާ ކުރާ ކަމަށް ޗޭނުން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަަށް 200 އަށް ވުރެ އަށް ވުރެ ގިނަ ގަަސް ވަނީ ހަދިޔާކޮށްފަ އެވެ.