ދުވާލަކު މަދުވެގެން އާފަލެއް ކާ ނަމަ ޑޮކްޓަރަށް ދައްކަން ނުޖެހޭނެ އޭ އިނގިރޭސި މުހާވަރާއެއްގައި ބުނެ އެވެ.
މިހާރު މިކަން ގަބޫލު ކުރާ މީހުން މަދު ނަމަވެސް އާފަލުން ލިބޭ ފައިދާ އާ މެދު އެކަކަށް ވެސް ދެކޮޅެއް ނުހެދޭނެ އެވެ.
އާފަލުގައި ހުންނަ، ވިހަތައް ބޭރުކޮށްލުމަށް އެހީތެރިވެދޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތް ވެވެ އެވެ.
ނިއުޓްރިޝަނިސްޓުންގެ ޓީމަކުން ކޮށްފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި އާފަލުގައި އެލާސްޓިން އާއި ކޮލާޖަން ވަރަށް މަތީ މިންވަރަކަށް އެކުލެވިގެންވެ އެވެ. މިއީ ޒުވާން ހަންގަނޑެއް ދެމެހެއްޓުމަށް އެންމެ ބޭނުންވާ މާއްދާތަކެވެ.
އާފަލު ރަނގަޅަށް ޗިސް ކުރުމަށް ފަހު މާމުޔާއި ރޯސް ވޯޓާ (ފިނިފެން) އަދި އޯޓްމީލް އެއްކޮށް ހަންގަނޑުގައި އުނގުޅުމުން ހަންގަނޑުގައި ހުންނަ މަރުވެފައިވާ ހަންތައް ނެއްޓި ހަންގަނޑު މުޅިން ސާފުކޮށްލުމަށް ރަނގަޅު މާސްކަކަށް ފުދެ އެވެ.