ށ. ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖެހީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުގެ ބޭނުމުގައި ކަމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމް އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ޝާޑު ވިދާޅުވީ ސްކޫލް ފާރުގައި އިންޑިއާ އައުޓް ޖެހީ ސީދާ މި ސަރުކާރު އަޑީގައި އޮވެގެން ކަމަށާއި ބޭނުމަކީ ޔާމީން ހައްޔަރުކުރުން ކަމަށެވެ. އެގޮތުން ޔާމީން ގޮވާލެއްވީ ދައުލަތުގެ މުއައްސަސާތަކުގެ ފާރުގައި އިންޑިއާ އައުޓް ޖަހާ ވާހަކަ ނޫން ކަމަށާއި އެމަނިކުފާނު ގޮވާލެއްވީ ގޭގޭގެ ފާރުތަކުގައި އެގޮތަށް ޖެހުމަށް ކަމަށް ޝާޑު ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑުގެ ގޭގައި ދިދައެއް ނެގޭނެ އިންޑިއާ އައުޓްގެ، ފާރުގައި ޖެހޭނެ. މި ވާހަކަ ރައީސް ޔާމީން ވިދާޅުވީ. އެއްގޮތަކަށް ވެސް ސްކޫލެއްގައި، ސިފައިންގޭގައި އަނެއް ތަނެއްގައި ޖަހާ ވާހަކައެއް ނޫން" ޝާޑު ވިދާޅުވި އެވެ.
ޝާޑު ވިދާޅުވީ ޔާމީން ހައްޔަރުކުރުމަށްޓަކާ މަކަރުވެރި ރޭވުމެއްގެ ތެރެއިން ރައްޔިތުންގެ ބޮލަށް "ޗިޕު" ޖަހަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިންޑިއާ ޓީޗަރުންނާއި ނަރުހުންނަށް އާމްދަނީ އިތުރުކުރުމަށްޓަކާ ބޮޑެތި ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި އާލާތްތައް ހޯއްދެވީ ޔާމީންކަން އެ ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުނަދޫ ސްކޫލްގެ ފާރުގައި އިންޑިއާ އައުޓް ޖެހި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިޔުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ސްކޫލް މަދަރުސާތަކަކީ ގިނަ އަދަދަކަށް އިންޑިއާ ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށް ވެފައި، ސްކޫލް ސަރަހައްދުގައި "އިންޑިއާ އައުޓް" ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުގައި ސްކޫލްތަކުގައި އެދެމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
"ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނަކީ އެ ފަރާތްތަކުގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، އަޅުގަނޑުމެންގެ ޅަދަރީންނަށް އުނގަންނައި ދިނުމުގެ ހިދުމަތުގައި ޒަމާނުއްސުރެން ހިދުމަތް ކުރަމުންދާ ބައެއް" އެ ބަޔާނުގައި ވެ އެވެ.
ހިޔާލު ފާޅުކުރައްވާ 2ކޮމެންޓް
މިނިސްޓަރު އާއިޝަތު އަލީ އުޅޭނީ ،އެދުރަކު އުޅެންވާ ތާހިރު ގޮތަކަށް ނޫން. ރީނދޫ ގްރޫޕްގެ އެކްޓިވިސްޓެއްގެ ގޮތުގައި.
އިންޑިއާ އައުޓް"ގެ ހަރަކާތްފުޅާވެ، ފާރުތަކުގައާއި، މަގުތަކުގައި "އިންޑިއާ އައުޓް" ބެނާތައް ގިނަވަމުންދާތީ އެކަމާ ކަންބޮޑުވަނީ މޑޕ އާއި ކޯލިޝަން ސަރުކާރުންނެވެ.
އަދި ގޭގެއާ ހޮޓާ ރެސްތޯރަންޓް ތަކާ ތައުލީމީ ޚިދުމަތްދޭ ތަންތަނުގައި (އިންޑިއާ އައުޓް) މިފަދަ އިބާރާތުން "ލިޔުމަކީ" އެއީ ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ކިޔަވާ ދަރިވަރަކަށް ނުވަތަ "ކިޔަވައިދޭ އިންޑިއާ ޓީޗަރެއް އަދި އާއްމު ފަރުދެއް ވިއަސް" ބިރުގަންނަންޖެހޭ ކަމެއްނޫނެވެ.
ސަބަބަކީ އިންޑިއާއިން ޓުއަރިސްޓުންގެ ގޮތުގައާ އަދި ވަޒީފާ އަދާކުރަން ރާއްޖެއައިސްތިބި އިންޑިއާގެ އާއްމު ރައްޔިތުންނަށް "ރާއްޖޭގައި ހިންގާ އިންޑިއާ އައުޓް ކެމްޕައިން"ގެ މަޤުސަދު އެނގޭތީއެވެ.
ޢަދި އެމީހުން ދިވެހިރާއްޖޭގައި އުޅެމުންދަނީ އާންމު ރައްޔިތުންނާއެކު އެމީހުންގެ ތެރޭގައިި އެއްވެސް ނުތަނަވަސް ކަމެއްނެތިއެވެ.
"އިންޑިއާ އައުޓް ކެމްޕައިންއާއި ގުޅިގެން" ދިވެހި ރައްޔިތުންނާ އިންޑިއާގެ ރައްޔިތުންނާ ދޭތެރޭ މިހާތަނަށް އެވެސްކަހަލަ ހަމަނުޖެހުމެއް ހިނގަފައި ނެތުމަކީ "އިންޑިއާ އައުޓް ކެމްޕައިން" އަކީ އިންޑިއާ ރައްޔިތުންނާ ދެކޮޅަށް އަމާޒުކޮށްހިންގާ ޝިއާރެއް ނޫންކަން ސާބިތުވާ ހެއްކެކެވެ.
އަދިވެސް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް ކެމްޕައިން" އާއިމެދު މިހާތަނަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް "އިންޑިއާ އައުޓް ކެމްޕައިން އާއި" ދެކޮޅަށް ބަހެއް ބުނެފައެއް ނުވެއެވެ.
މިކަމުން ދޭހަވާކަމަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް ކެމްޕައިން"ގެ އަމާޒަކީ އިންޑިއާއާއި، އިންޑިއާގެ ސަރުކާރާ ދެކޮޅުވެ ގެއްލުމެއްދޭން އުޅުން ނޫންކަމެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި ދިވެހި ރައޔިތުން "އިންޑިއާ އައުޓް ކެމްޕައިން ނަމުގައި ހިންގާ" ހަރަކާތަކީ "ކޮރަޕުޝަންގެ ތެރެއިން" ކޯލިޝަން ސަރުކާރުގެ އިސްވެރިންނާ ރައްޔިތުންގެ މަޖުލިސްގެ "ކޯލިޝަން ސަރުކާރައް ވާގިވެރިވާ" މަޖުލިސް މެންބަރުން އަދި ދިފާއީ ބާރުގައި ހިމެނޭ އިސްވެރިންތަކެއް ދިވެހި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލްނަގާލާ ޤާނޫނާ ޚިލާފައް ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން ހަތިޔާރާއެކު ގާއިމްކުރުވާފައި ތިބިތިބުމަށް މޑޕ އާއި ކޯލިޝަން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންކުރާ އިހުތިޖާޖެކެވެ.
އަދި، މޑޕ އާއި ކޯލިޝަން ސަރުކާރުން ކިތަންމެވަރަކަށް ނުރުހުނަސް ރައީސް ޔާމީން އާއި ޔާމީންގެ ފަހަތްޕުޅުގައިތިބި ޤައުމީ، ވަތަނީ ދިވެހިރައްޔިތުން ތިބީ މޑޕ އާއި ކޯލިޝަން ސަރުކާރުން ދައްކާ ބިރަކަށް ފަހަތައްޖެހި "އިންޑިއާ އައުޓު ކެމްޕައިން" ހުއްޓާލާގޮތަކައްނޫނެވެ. އަދި، އޭގެ ބަދަލުގައި ކެމްޕެއިން ވަރުގަދަކޮށް މުޅި ރާއްޖެއަށް އެކީއެކައްޗަކަށް ފުޅާކޮއް ސަރުކާރު ޖަވާބުދާރީ ކުރުވަން އަތުކުރު އޮޅާލާފައެވެ.
ޤާނޫނާ ޚިލާފަށް ކޯލިޝަންސަރުކާރުން ރައްޔިތުންގެ "އިންޑިއާ އައުޓް ކެމްޕެއިން"ހުއްޓުވަން އުޅެފިނަމަ ފޫނުބެއްދޭވަރުގެ ގެއްލުން ސަރުކާރައްލިބި 2023 ވޯޓް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް ހިތާމައަކީ މޑޕ އާއި ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ޚިޔާނާތްތަކަށް ޖަވާބުދާރީ ވެވޭނެ އެއްވެސްމަގެއް ނުފެނުމުން ޤާނޫނުން ބޭރުން ރައްޔިތުން ބިރުގަންނަވާ އަނިޔާވެރި ވަމުންދާތަން ފެންނާތީވެ.
#އިންޑިއާއައުޓް.