ލުނބޯ ޖޫހަކީ ހަމައެކަނި ކެއުމާއި ބުއިމުގައި ބޭނުން ކުރާ އެއްޗަކަށް ނުހަދައި ހަންގަނޑަށް ފަރުވާ ދޭ އެއްޗެއްގެ ގޮތުގައި ވެސް ހިމެނި ދާނެ އެވެ.
މިއީ ހުރިހާ މޫސުމެއްގައި ވެސް ފަސޭހަ އިން ލިބޭ މޭވާއަކަށްވާތީ އައިސް އަލަމާރީގައި ހުސްނުކޮށް ލުނބޯ ބެހެއްޓުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ލުނބޯގައި ވިޓަމިން ސީ ވަރަށް ގިނަ އެވެ. އެހެންކަމުން ލުނބޯ ޖޫހަކީ ރީތި ހަންގަނޑަކަށް ވަރަށް އެކަށީގެންވާ އެއްޗެކެވެ.
ހޫނު ފެންތައްޓެއްގެ ތެރެއަށް މާމުއި ސަމުސަލެއް އެއްކޮށްލުމަށް ފަހު ލުނބޯ ހުތްކޮޅެއް ފެލާލައި ރަނގަޅަށް ގިރާލާށެވެ. ކޮންމެ ދުވަހަކު ހެނދުނު ހައިބަނޑާ މި ޖޫސް ބޯ ނަމަ ހަންގަނޑު ސާފުވެ އަލިވާނެ އެވެ. އަދި ހަމުގެ ކުލަ އަލި ކުރުމަށާއި އޮށާޅަ ފަދަ އެއްޗެހީގެ ލަކުނުތައް ފިލުވަން ވެސް ލުނބޯ ވަރަށް ރަނގަޅު ވާނެ އެވެ.
މޭޒުގައި އުޅަނބޮށި ޖެހޭ ތަން ކަޅުވެ ހަޑިވާނަމަ ލުނބޯ ތޮށީގެ އެތެރެ ބައި އެ ކަޅުވާ ތަންތަނުގައި ހޭކުމުން ކުލަ އަލިވެ ރީތި ވާނެ އެވެ. އަދި މި ނޫންވެސް ހަންގަނޑުގައި ހުންނަ ކަޅު ލައްލައް ފިލުވަން ލުނބޯ ތޮށީގެ އެތެރެބައި އުނގުޅި ދާނެ އެވެ.
ލުނބޯހުތާއި މާމުއި އެއްކޮށްފައި ހަންގަނޑަށް ގުދުރަތީ ފަރުވާއެއް ދިނުމުގެ ގޮތުން ހަންގަނޑުގައި އުނގުޅި ދާނެ އެވެ.