{ނޯޓް:- މިއީ ޑރ. މޫސާ އަންވަރު ހަސަން ލިޔުއްވާފައިވާ ލިޔުއްވުމެވެ. މި ސިލްސިލާގެ ތެރެއިން ދީނީ އެކި މައުޞޫތަކަކަށް އިލްމްވެރިން ލިޔުއްވާފައިވާ ލިޔުންތައް މި ނޫހުގައި ޝާއިރު ކުރެވޭނެ އެވެ. މި ލިޔުމުގައި ބަލާލާނީ މޫނު ބުރުގާ އެޅުމުގެ ހުކުމާ ގުޅޭ ގޮތުންނެވެ.}
އަންހެނާ މޫނު ހާމަ ކުރުމާއި ބެހޭގޮތުން ހަތަރު މަޛުހަބުގެ ރައުޔު:-
ޙަނަފީ މަޛުހަބު:
ފިތުނައިން އަމާންކަން ލިބިގެންވާނަމަ އަންހެނާ މޫނު ކަޝްފު ކުުރުމަކީ ހުއްދަވެގެންވާ ކަމެކެވެ. ޙަނަފީ މަޛުހަބުގެ ފަހުގެ ޢިލްމުވެރިން ވަނީ މިކަން މަނާ ކުރައްވާފައެވެ. އެއީ ޢައުރައެއް ކަމުގައިވާތީއެވެ. އަދި ހަމައެފަދައިން ފިތުނަވެރިކަން ފެތުރިފައިވާތީއެވެ. އަދި އެކަމުގެ ސަބަބުން ފިތުނައަށް މަގުފަހިވާތީ އެވެ.
އަލްކާސާނީ ވިދާޅުވެފައިވެއެވެ."މިނިވަން އަންހެނާގެ މޫނާއި ދެއަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން އެއްވެސް ތަނަކަށް ބެލުން ހުއްދަވެގެނެއް ނުވެއެވެ. އެއީ އަންނަނިވި އާޔަތަށް ރިޢާޔަތް ކުރެއްވުމަށް ފަހުއެވެ. ﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا﴾ މާނައީ:"އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!" މިތަނުގައި ޒީނަތުގެ މުރާދަކީ ބޭރުފުށުން ޒީނަތްތެރި ވެވޭ ތަންތަނެވެ. އެއީ މޫނާއި ދެއަތްތިލައެވެ. ސަބަބަކީ ވިއްކާ ވިޔަފާރި ކުރުމާއި ދިނުމާއި އަތުލުމުގައި ވެސް އެ ދެ ގުނަވަނުގެ ބޭނުން ޖެހޭތީއެވެ. ޢާންމު ގޮތެއްގައި އެކަންތައް ކުރެވޭނީ މޫނާއި ދެއަތްތިލަ ހާމަކޮށްގެންނެވެ. އެކަން ހުއްދަވެގެން ވެއެވެ. މިއީ أبي حنيفة رحمه الله ވިދާޅުވެފައިވާ ގޮތެވެ. ޒީނަތްތެރިކަމުގެ ގުވަނަވަކަށް ޝަހުވަތެއްނެތި ބެލުން ހުއްދައެއް ނުވާނެއެވެ. އަދި އަމުދުން ޝަހުވަތަކާއެކު ބެލުން ހުއްދަވެގެން ނުވެއެވެ."
މާލިކީ މަޛުހަބު:
ކައިވެނި ހެޔޮވާ މީހެއްގެ ކުރިމަތީގައި މިނިވަން އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނެކެވެ. މޫނާއި ދެއަތްތިލަ އަކީ ޢައުރައެއް ނޫނެވެ. ކައިވެނި ހެޔޮވާ މީހެއްގެ ކުރިމަތީގައި މޫނު ހާމަ ކުރުމަކީ ޖާއިޒުވެގެންވާ ކަމެކެވެ. އެހެން ނަމަވެސް އެއީ ފިތުނަޔަކަށް ބިރު ހީނުވާކަމުގައި ވަނީ ނަމައެވެ. ފިތުނަޔަކަށް ބިރު ހީވާނަމަ މޫނު ހާމަ ނުކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ." .
القاضي أبوبكر ابن العربي ވިދާޅުވެފައިވެއެވެ. މުޅި އަންހެނާއަކީ ޢައުރައެކެވެ. އެއީ އޭނާގެ ހަށިގަޑާއި އަޑުވެސް މެއެވެ. ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ އޭނާގެ މޫނު ހަމަކުރުން ހުއްދައެއް ނުވާނެއެވެ. މިސާލަކަށް ހެކި ބަސް ދިނުމަށް ނުވަތަ ހަށިގަނޑުގައިވާ ބައްޔަކަށްޓަކައެވެ.
الخليل ވިދާޅުވެފައިވެއެވެ. މިނިވަން އަންހެނާގެ ޢައުރައަކީ މުޅި ހަށިގަނޑެވެ. މޫނާއި ދެއަތްތިލަ ފިޔަވައެވެ."
ޝާފިޢީ މަޛުހަބު:
ޝާފިޢީގެފާނުގެ އަރިހުގައި އަންހެނާގެ މޫނު ހާމަ ކުރުމާއި އަދި ބެލުމާއި ބެހޭގޮތުން ތިން ޙާލަތެއް ވެއެވެ.
1-ފިތުނައަށް ބިރުހީވުމެވެ. ނުވަތަ މޫނަށް ބަލައިފިނަމަ އެކަމުން ފިތުނައަށް މަގުފަހިވުމެވެ. ހުރިހާ ބޭކަލުން އެއްބަސްވެވަޑައި ގަންނަވަނީ މިފަދަ ޙާލަތުގައި މޫނު ހާމަ ކުުރުމަކީ ޙަރާމް ކަމެއް ކަމުގަވެ. އެއީ އަލްއިމާމުއް ޝާފިޢީ ވިދާޅުވެފައިވާ ފަދައިންނެވެ.
2-ޝަހުވަތަކާ އެކު އަރާމެއް ހޯދުމުގެ މަޤްޞަދުގައި ބެލުމެވެ. މި ޙާލަތުގައި ފިތުނައަކަށް މަގުފަހިވާނަމަ އެއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެހެން ކަމުން އަންހެނާ އޭނާގެ މޫނާއި ދެއަތްތިލަ އާއި މުޅި ހަށިގަނޑު ނިވާކުރަން ޖެހޭނެއެވެ.
3-ފިތުނައެއް ނެތުމެވެ. އަދި ޝަހުވަތްތެރިކަމުން އަމަންކަން އޮތުމެވެ. މިފަދަ ޙާލަތުގައި މިއީ ހުއްދަކަމެކެވެ. މާތް الله ވަޙީ ކުރައްވާފައިވަނީ ﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ﴾ މާނައީ:"އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށް އަމުރު ކުރައްވާށެވެ" އިސްލާމީ ޝަރީޢަތުގެ ފުރިހަމަ ކަމުގެ ތެރޭގައި ޙަރާމްކަމަށް ހުޅުވޭ ދޮރުތައް ބަންދު ކުރުން ހިމެނެއެވެ. އެއީ ޝަހުވަތާ އެކުގައި ކަމުގައި ވިޔަސް އަދި ޝަހުވަތަކާ ނުލާ ކަމުގައި ވިޔަސްމެއެެވެ. އެއީ ހިލޭ އަންހެނަކާއެކު އެކަހެރި ވުމާއި ބެހޭގޮތުން ވާރިދުވެފައިވާ ފަދައިންނެވެ."
ޙަންބަލީ މަޛުހަބު:
الإمام أحمد ވިދާޅުވެފައިވެއެވެ. "އަންހެނާގެ ނިޔަފަތްޗަކީ ވެސް ޢައުރައެކެވެ. އަންހެނާ އޭނާގެ ގެއިން ނުކުންނަ ކަމުގައިވަނީ ނަމަ، އޭނާގެ ކިބައިން އެއްވެސް ތަނެއް ފައުޅުވެގެން ނުވާނެއެވެ. އަދި އޭނާ ހިނގާ އަޑުވެސް އިވިގެން ނުވާނެއެވެ. އަދި އަހަރެން ލޯބި ކުރަނީ ހަށިގަނޑުން އެއްވެސް ތަނެއް ހާމަވެގެން ނުދިއުމަށްޓަކައި އިނގިލި ކުރީގައި ހެދުމުގެ އަތުކުރި އައްސާލާފައި ބެހެއްޓުމެވެ." .
عبد القادر مصطفي السيوطي الرحيباني رحمه الله ވިދާޅުވެފައިވެއެވެ. ނަމާދުގައި ބާލިޣުވެފައިވާ މިނިވަން އަންހެނާ މުޅި ހަށިގަނޑަކީ ޢައުރައެކެވެ. އެއީ މޫނު ފިޔަވައި އޭނާގެ ނިޔަފަތްޗާއި އިސްތަށިގަނޑެވެ. މިނިވަން އަންހެނާގެ މޫނާއި ދެއަތްތިލަ އަކީ ނަމާދުން ބޭރުގައި ވެސް ޢައުރައެކެވެ. އެއީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ރިޢަޔަތް ކުރާއިރުއެވެ."
މޫނު ހާމަކުރުން ހުއްދަނޫން ކަމަށް ވިދާޅުވާ ޢިލްމުވެރިން:
މޫނު ހާމަކުރުމަކީ ހުއްދަވެގެން ނުވާނެކަމަށް ބުނާ ޢިލްމުވެރިން ދަލީލު ނަންގަވާފައިވަނީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުންނެވެ. އެބޭކަލުންގެ ތެރޭގައި މިހާރުގެ ޢިލްމުވެރިން ކަމުގައިވާ "بن باز، ابن عثيمين، عبد الكريم زيدان،" މިނޫން ބޭކަލުން ވެސް ހިމެނެއެވެ.
ޤުރްއާން:
﴿وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴾ މާނައީ:"އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ."
މިއާޔަތުގައި މާތް اللَّه އަންގަވާފައިވަނީ ފަރުޖުތައް ރައްކާތެރި ކުރުމަށެވެ. އަދި އެކަމަށް މަގުފަހިވާ ދޮރުތައް ބަންދު ކުރުމަށެވެ. އެހެންކަމުން ކުޑަވެސް ޝައްކެއްނެތް ގޮތުގައި މިކަމުގެ ވަޞީލަތްތަކުގެ ތެރޭގައި މޫނު ފޮރުވުން ވެސް ހިމެނެއެވެ. ސަބަބަކީ އަންހެނާގެ އެންމެ ރީތި އެންމެ އަސަރުކުރާ އެއް ގުނަވަނަކީ މޫނެވެ. މީސްތަކުން އަންހެނުންގެ ރީތިކަމަށް ބުރަވާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭ ގުނަވަނީ މޫނެވެ. މޫނަށް ބެލުމުން ޒިނޭއަށް މަގުފަހިވެއެވެ. އެކަމަށް ދަލީލު ކުރާ ބަސްފުޅުތައް ސުންނަތުގައި ވެއެވެ." . މުއުމިނުނަށް ލޯތައް ތިރިކުރުމަށާއި ލަދުވެތި ގުނަވަން ރައްކާތެރިކުރުމަށް އަމުރު ކުރައްވާފައިވާއިރު، އަންހެނުންނަށް ވެސް އެކަމަށް އަމުރު ކުރައްވާފައިވެއެވެ. ސަބަބަކީ ޒީނައްތެރިކަން ހާމަކުރުން ޙަރާމް ކުރައްވުމުގައި މުޅި ހަށިގަނޑު ޝާމިލު ވެގެންދާތީއެވެ."
محمد بن صالح العثيمين: ވިދާޅުވެފައިވެއެވެ."ހަމަކަށަވަރުން މާތް اللَّه ވަނީ މުއުމިނުން އަންހެނުންނަށް އެކަނބަލުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް އަމުރު ކުރައްވާފައެވެ. ފަރުޖުތައް ރައްކާތެރިކުރުމަށް އަމުރު ކުރައްވާފައިވާއިރު، އެކަމަށް މަގުފަހިވާ ވަޞީލަތްތައް ހިމެނިފައި ވުމަކީ ކޮންމެ ބުއްދިވެރިއަކު ވެސް ޤަބޫލުކުރާނެ ކަމެކެވެ. އެކަންތައްތަކުގެ ތެރޭގައި މޫނު ފޮރުވުން ވެސް ހިމެނެއެވެ. އެއީ މޫނު ހާމަކޮށްގެން ހުރުމަކީ އެ މޫނަށް ބެލުމަށް މަގުފަހިވެގެންދާ ކަމެކެވެ. މޫނު ހާމަކޮށް ހުރުމަކީ، އެމޫނުގެ ރީތިކަމަށް ބަލާ އެކަމުން ލައްޒަތު ލިބިގަތުމަށް މަގުފަހިވާ ސަބަބެކެވެ. އަދި އެކަމަށް ވާޞިލުވެ ގުޅިގެން ދިއުމަށް މަގުފަހިވެގެން ދެއެވެ." .
﴿وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ وَاللَّهُ سَمِيعٌ عَلِيمٌ ﴾ މާނައީ:" ކާވެންޏަކަށް އެދުންނުވާ، މުސްކުޅި އަންހެނުން، ޒީނަތްތެރިކަން ފާޅުނުކުރާގޮތުގައި، އެކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން، އެކަނބަލުންގެ މައްޗަކަށް ކުށެއް ނެތެވެ. (ނަމަވެސް) އެކަނބަލުން عفة ތެރިވުން އެކަނބަލުންނަށް ހެޔޮކަން ބޮޑެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
މިއާޔަތުގެ وجه الدلالة އަކީ؛ ކައިވެންޏެއް ކުރުމުގެ އެދުންވެރިކަމެއް ނެތް އަންހެނުން، ނުވަތަ ޢިއްދައިން ކެނޑިފައިވާ އަންހެނާ ގެ މައްޗަށް ޒީނަތްތެރިކަން ފާޅުނުކުރާގޮތުގައި، އެކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން ކުށެއް ފާފައެއް ނެއްކަމުގައި މި އާޔަތުގައި މިވަނީ އަންގަވާފައެވެ. ، ކުރިން ބަޔާންކުރި ފަދަ އަންހެނުން ފޭރާން ލުއިކޮށްލުން ހުއްދައެވެ. އެހެން ނަމަވެސް އެއީ އެކަމުގައި ދެއްކުންތެރިކަމާއި ޒީނަތްތެރިކަމެއް ހިމެނިފައި ނުވާނައެވެ. މިތަނުގައި ހެދުމުގެ މާނައަކީ އަންހެނާގެ މުޅި ހަށިނގަޑު ފޮރުވުމެވެ.
﴿يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴾ މާނައީ:"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، مؤمن ންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.
الإمام الطبري މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވަނީ މިނިވަން އަންހެނުން ބޭނުމަކު ގެއިން ބޭރަށް ނުކުންނަ ކަމުގައިވަނީ، އަޅުއަންހެނުންނާ އެއްގޮތް ނުވާށެވެ. އެއީ އެފަދަ އަންހެނުން ބޭރުގައި އުޅޭއިރު އުޅެނީ އިސްތަށިގަނޑާއި މޫނު ހާމަކޮށްގެންނެވެ. އެެހެން ނަމަވެސް މިނިވަން އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ހަށިގަނޑު ނިވާކުރަން ޖެހޭނެއެވެ. އެ ފާސިޤަކަށް އެ ކަނބަލުންނަކީ މިނިވަން އަންހެނުން ކަމުގައި އެނގި އެމީހުން ބުނާ ބަހަަކުން އެކަނބަލުންނަށް އުނދަގުލެއް ލިބިގެން ދިޔަ ނުދިނުމަށްޓަކައެވެ." .
عبد الرحمن ناصر السعدي މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވަނީ މިއާޔަތަށް ކިޔޭ ނަމަކީ ޙިޖާބުގެ އާޔަތެވެ. އެއީ މާތް اللَّه އެކަލާނގެ ނަބިއްޔާ އަށް އެކަމަށް އަމުރު ކުރައްވާފައިވަނީ އުންމަތުގެ ހުރިހާ އަންހެނުންނަށް މޫނު ބުރުގާ އެޅުމަށް އަމުރު ކުރެއްވުމަށެވެ. އަދި އެކަން ފެއްޓެވުމުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކައުކަނބަލުންގެ ކިބައިން ފެއްޓެވުމަށް އަމުރު ކުރައްވާފައިވެއެވެ. އެއީ އެކަމުގައި އެހެން އަންހެނުންނަށްވުރެ އެކަނބަލުން އިިސްވެގެންވާތީއެވެ. އެއީ ހެދުމުގެ މަތިން މުޅި ހަށިގަނޑު ފޮރުވޭ ގޮތަށް އަޅާ ފޮތިގަނޑެކެވެ. މާނައަކީ މޫނާއި ކަރުވަޅު ފޮރުވުމެވެ." .
ސުންނަތުން:
ކީރިތި ރަސޫލާގެ ޞާހާބިންނާއި ޞަޙާބިއްޔާތުންގެ އަރިހުން، އަންހެނުން މޫނު ފޮރުވުމާއި ބެހޭގޮތުން ތަފާތު އެތަށް ރިވާޔަތްތަކެއް އައިސްފައިވެއެވެ.
"أُمِّ عَطِيَّةَ قَالَتْ أَمَرَنَا رَسُولُ اللَّهِ-أَنْ نُخْرِجَهُنَّ فِى الْفِطْرِ وَالأَضْحَى الْعَوَاتِقَ وَالْحُيَّضَ وَذَوَاتِ الْخُدُورِ فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلاَةَ، وَيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُسْلِمِينَ. قُلْتُ يَا رَسُولَ اللَّهِ إِحْدَانَا لاَ يَكُونُ لَهَا جِلْبَابٌ قَالَ: «لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا»" . މާނައީ:" أُمِّ عَطِيَّةَ ވިދާޅުވިއެވެ. ހަމަކަށަވަރުން ކީރިތިރަސޫލާ، ބާލިޣުވާ އުމުރުފުރަޔަށް އަޅާފައި ތިބޭ އަންހެންކުދިންނާއި މައްސަރުކަންތައް ޖެހިފައިވާ އަންހެނުން، ނިވާވާނެ އެއްޗެއް އޮތް ކޮންމެ އަންހެނަކު ފިޠުރު ޢީދު ނަމާދަށާއި އަޟްޙާ ޢީދު ނަމާދަށް ނުކުތުމަށް އަމުރު ކުރެއްވިއެވެ. ހަަމަ އެހެންމެ މައްސަރު ކަންތައް ޖެހިފައިވާ އަންހެނުން ނަމާދާ ދުރުހެލިވުމަށް އަމުރު ކުރެއްވިއެވެ. ހެޔޮަކަންތަކުގައްޔާއި ދުޢާގައި ބައިވެރިވުމަށް އެކަނބަލުންނަށް އަމުރު ކުރެއްވިއެވެ. ތިމަން ދެންނެވީމެވެ. އޭ މާތް اللَّه ރަސޫލާ އެވެ. އަޅުގަނޑުމެންގެ ތެރެއިން ޖިލްބާބެއްނެތް އަންހެނުން ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެފަދަ އަންހެނުން ތިމާގެ އުޚުތާގެ ޖިލްބާބުން ނިވާވާނީއެވެ."
މިޙަދީޘުން ދޭހަކޮށްދެނީ ޞަޙާބިއްޔާތުން ނުކުމެވަޑައި ގަންނަވަނީ ޖިލްބާބު ތުރު ކުރައްވައިގެން ކަމެވެ. ކީރިތި ރަސޫލާ އަންހެނުން ޖިލްބާބުލައިގެން ނޫނީ ނުކުތުން ހުއްދައެއް ނުކުރައްވައެވެ. ކީރިތިރަސޫލާގެ ޒަމާނުގައި އަންހެނުން ޖިލްބާބު އަޅައެވެ.
عَنْ عَائِشَةَ قَالَتْ: «إِنْ كَانَ رَسُولُ اللَّهِ – لَيُصَلِّي الصُّبْحَ فَيَنْصَرِفُ النِّسَاءُ مُتَلَفِّعَاتٍ ، بِمُرُوطِهِنَّ مَا يُعْرَفْنَ مِنَ الْغَلَسِ» . މާނައީ:"ޢާއިޝާތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ފަތިސްނަމާދު ކުރައްވައި ނިމިވަޑައިގަތުން، އަންހެންވެރިން މިސްކިތުން ނިކުމެގެން ދެއެވެ. އެ ކަނބަލުންގެ މުޅި ހަށިގަނޑު ވަނީ ނވާކުރެވިފައެވެ. ކަނު އަނދިރީގެ ތެރޭގައި އެކަނބަލުން ވަކިކުރާކަށް ނޭނގެއެވެ." ބުޚާރީ ވިދާޅުވިއެވެ. ހަމަކަށަވަރުން ކީރިތިރަސޫލާ އަށް މިހާރު އަހަރެމެންނަށް މިފެންނަ މަންޒަރުތައް ފެނިވަޑައިގެންނެވިނަމަ، އަންހެނުން މިސްކިތަށް ދިއުން މަނާ ކުރެއްވީހެވެ. އެއީ ބަނޫ އިސްރާއީލުން އެމީހުންގެ އަންހެނުންނަށް މިސްކިތަށް ދިއުން މަނާކުރި ފަދައިންނެވެ. މިފަފަދަ ގޮތަށް عبد الله بن مسعود ގެ އަރިހުން ވެސް ރިވާވެފައިވެއެވެ." .
محمد بن صالح العثيمين: ވިދާޅުވެފައިވެއެވެ." މިޙަދީޘުން ދެކަމެއް ހާމަވެގެން ދެއެވެ.
ފުރަތަމަ ކަމަކީ:އެންމެ ހެޔޮ ޖީލުކަމުގައިވާ ފުރަތަމަ ޖީލުގެ އަންހެން ކަނބަލުން ނިވާވެވަޑައިގަތުމަކީ ޢާދަ އެއްކަމުގައި ދެކެވަޑައިގަތް ކަމެވެ. އެކަނބަލުންނަކީ މާތް اللَّه ގެ ޙަޟްރަތުގައި ހުރިހާ ގޮތަކުން ވެސް އެންމެ މާތް ކަނބަލުނެވެ. އެއީ އީމާންކަމާއި އަޚްލާޤާއި ޢަމަލު ކުރެއްވުމުގައްޔާއި ނަމޫނާގެ ގޮތުންނެވެ.
ދެވަނަ ކަމަކީ:އުންމުލް މުއުމިނީން ޢާއިޝަތުގެފާނާއި، ޢަބުދު اللَّه ބުނު މަސްއޫދު رضي الله عنهما ގެ ޢިލްމުވެރިކަމާއި ދީނުގެ ފިޤުހަށް މޮޅުފުޅުކަމާއި، ދީނުގެ ކަންތައް އެބޭފުޅުން ދެނެވަޑައިގަންވާލެއް ބޮޑުކަމެވެ. އަދި އަޅުތަކުންގެ ރައްކާތެރިކަމަށްޓަކައި ދެއްވާ ނަޞީޙަތުގެ ފުރިހަމަ ކަމެވެ. އެ ދެ ބޭފުޅުން ވިދާޅުވެފައިވަނީ ހަމަކަށަވަރުން ކީރިތިރަސޫލާ އަށް މިހާރު އަހަރެމެންނަށް މިފެންނަ މަންޒަރުތައް ފެނިވަޑައިގެންނެވިނަމަ، އަންހެނުން މިސްކިތަށް ދިއުން މަނާ ކުރެއްވީހެވެ. އެއީ ބަނޫ އިސްރާއީލުން އެމީހުންގެ އަންހެނުންނަށް މިސްކިތަށް ދިއުން މަނާކުރި ފަދައިންނެވެ." .
عن عائشة رضى الله عنها قالت: «كَانَ الرُّكْبَانُ يَمُرُّونَ بِنَا وَنَحْنُ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُحْرِمَاتٌ، فَإِذَا حَاذَوْا بِنَا سَدَلَتْ إِحْدَانَا جِلْبَابَهَا مِنْ رَأْسِهَا عَلَى وَجْهِهَا فَإِذَا جَاوَزُونَا كَشَفْنَاهُ» . މާނައީ:"عائشة رضى الله عنها އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހަރެމެން ކީރިތި ރަސޫލާގެ އަރިހުގައި އިޙްރާމް ބަދެގެން ތިބޭއިރު، އަހަރެމެންގެ ކައިރިން އަސްވާރުން ދަތުރުކޮށްފައި ދާނަމަ، އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ މޫނު ފޮތިކޮޅުން މޫނު މަތި ފޮރުވާލަމެވެ. އަދި އެ އަސްވާރުން ކުރިއަރައިގެން ދިއުމުން އަހަރެމެން އެ މޫނު ނިވާކުރަން ވައްޓާލި ފޮތިކޮޅު އަލުން (ބޮލުގެ) މައްޗަށް އެއްލާލައި (މޫނު) ހާމަ ކުރަމެވެ."
އެކަމަނާގެ ބަސްފުޅުގައިވާ "فَإِذَا جَاوَزُونَا"، މާނައަކީ އަސްވާރުން އަރާ ހަމަވުމުންނެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ މޫނު ފޮތިކޮޅުން މޫނު މަތި ފޮރުވާލަމެވެ. މިއިން ދަލީލުކޮށްދެނީ މޫނު ނިވާ ކުރުމަކީ ވާޖިބެއްކަމެވެ. އިޙްރާމުގައި ޝަރުޢުވެގެންވަނީ މޫނު ހާމަކުރުމެވެ. މޫނު ހާމަކުރުން ހުއްދަކުރާ ވަރުގަދަ ދަލީލެއް އޮތްނަމަ މޫނު ހާމަކޮށް ބެހެއްޓުމަކީ ވާޖިބެކެވެ. ހުރިހާ ޢިލްމުވެރިންގެ އަރިހުގައި އިޙްރާމުގައި އަންހެނުން މޫނު ހާމަ ކުރުމަކީ ވާޖިބުވެގެންވާކަމެކެވެ. ވާޖިބަކަށް ހުރަސް އެޅޭނީ ވާޖިބަކުންނެވެ. ހިލޭ މީހުންގެ ކުރިމަތީގައި މޫނު ފޮރުވުމަކީ ވާޖިބެއް ކަމުގައި ނުވާނަމަ، އެހެން ޙާލަތްތަކުގައި މޫނު ހާމަ ކުރުމަކީ ޙަރާމް ކަމެއްކަމުގައި ނުވީހެވެ. އެހެން ކަމުން ޘާބިތުވެގެންވަނީ އިޙްރާމުގައި އަންހެނުން މޫނު ފޮރުވުމާއި އިސްޓާކީނު ލުމަކީ މަނާވެގެންވާ ކަމެކެވެ." .
މޫނު ހާމަކުރުން ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިން:
ދެން މިތަނުގައި މިހާމަކޮށްލަނީ މޫނު ހާމަ ކުރުން ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. މިފަދައިން ވިދާޅުވާ ޢިލްމުވެރިން ވެސް ދަލީލު ނަންގަވާފައިވަނީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުންގެ އެބޭފުޅުންގެ ތެރޭގައި القرضاوى، محمد بكر إسماعيل މެން ފަދަ ހިމެނެއެވެ." .
ޤުރްއާނުން:
﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ ﴾ މާނައީ:" އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެން ވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ" ابن عباس رضى الله عنهما މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވަނީ އެއީ މޫނާއި، އެއަތްތިލަ އާއި، އަނގޮޓީއެވެ." .
ސުންނަތުން:
ابْنَ عَبَّاسٍ، أَخْبَرَهُ أَنَّ امْرَأَةً مِنْ خَثْعَمَ اسْتَفْتَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي حَجَّةِ الْوَدَاعِ، وَالْفَضْلُ بْنُ عَبَّاسٍ رَدِيفُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: يَا رَسُولَ اللَّهِ إِنَّ فَرِيضَةَ اللَّهِ فِي الْحَجِّ عَلَى عِبَادِهِ أَدْرَكَتْ أَبِي شَيْخًا كَبِيرًا، لَا يَسْتَوِي عَلَى الرَّاحِلَةِ، فَهَلْ يَقْضِي عَنْهُ أَنْ أَحُجَّ عَنْهُ؟ فَقَالَ لَهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَعَمْ» فَأَخَذَ الْفَضْلُ بْنُ عَبَّاسٍ يَلْتَفِتُ إِلَيْهَا، وَكَانَتِ امْرَأَةً حَسْنَاءَ، وَأَخَذَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْفَضْلَ فَحَوَّلَ وَجْهَهُ مِنَ الشِّقِّ الْآخَرِ . މާނައީ:"ابن عباس رضى الله عنهما އަރިހުން ރިވާވެގެން ވެއެވެ. خثعم ވަންހަައިގެ އަންހެނަކު ޙައްޖަތުލް ވަދާޢުގައި ކީރިތި ރަސޫލާގެ އަރިހުން ދީނުގެ ކަމެއް އޮޅުން ފިލުވިއެވެ. އޭރު ކީރިތި ރަސޫލާގެ ސަވާރީގެ ފަހަތުގައި الفضل بن عباس އިންނެވިއެވެ. "އެ އަންހެން މީހާ ދެންނެވިއެވެ. "މާތް الله އެކަލާނގެ އަޅުތަކުންނަށް ޙައްޖުވަނީ ފަރުޟު ކުރައްވާފައެވެ. ތިމަންނާގެ ބައްޕައަކީ އުމުރުން ދުވަސްވެ މުސްކުޅިވެ، ސަވާރީގައި ދަތުރު ކުރުމަށް ނުކުޅެދިފައިވާ މީހެކެވެ. އެ (ބައްޕަގެ) ފަރާތުން ޙައްޖު ޤަޟާ ކުރެވޭނެތޯއެވެ؟ ބައްޕަގެ ބަދަލުގައި ޙައްޖު ކުރެވޭނެތޯއެވެ؟ ކީރިތި ރަސޫލާ އެއަންހެން މީހާއަށް ޙަދީޘް ކުރެއްވިއެވެ. އާނއެކެވެ. (ކީރިތި ރަސޫލާ އެވާހަކަފުޅުތައް ވިދާޅުވިއިރު) الفضل بن عباس އިންނެވީ އެއަންހެން މީހާއަށް ބައްލަވާށެވެ. އެ އަންހެން މީހާއަކީ ވަރަށް ރީތި އަންހެނެކެވެ. ކީރިތި ރަސޫލާ الفضل بن عباس މޫނުފުޅު އެ އަންހެން މީހާ ހުރި ދިމާނުން އަނެއް ފަރާތަށް އަނބުރާ ލެއްވިއެވެ."
އިމާމު އަޙްމަދުގެ ރިވާޔަތުގައިވަނީ الفضل بن عباس ވިދާޅުވެފައިވަނީ މިފަދައިންނެވެ. "فَكُنْتُ أَنْظُرُ إِلَيْهَا، فَنَظَرَ إِلَيَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَلَبَ وَجْهِي عَنْ وَجْهِهَا، ثُمَّ أَعَدْتُ النَّظَرَ، فَقَلَبَ وَجْهِي عَنْ وَجْهِهَا حَتَّى فَعَلَ ذَلِكَ ثَلاثًا، وَأَنَا لَا أَنْتَهِي" މާނައަކީ:"ތިމަންނާ އެއަންހެން މީހާއަށް ބަލަމުން ދިޔައީމެވެ. ކީިރިތި ރަސޫލާ ތިމަންކަލޭގެފާނަށް ބައްލަވާލެއްވުމަށްފަހު، ތިމަންނާގެ މޫނު އެ އަންހެން މީހާޔާ ވީފަރާތް ނޫން އަނެއް ފަރާތަށް އަނބުރައިލެއްވިއެވެ. އަނެއްކާ ވެސް ތިމަންނާ އެ އަންހެން މީހާއަށް ބަލަން ފެށީމެވެ. ކީރިތި ރަސޫލާ ތިންނާގެ މޫނު އަނެއް ފަރާތަށް އަނބުރާލެއްވިއެވެ. އެ ގޮތަށް ކީރިތި ރަސޫލާ ތިންފަހަރު ހެއްދެވިއެވެ. ތިމަން އެކަން ހުއްޓައެއް ނުލައްވަމެވެ."
މިޙަދީޘުން ދަލީލުކޮށްދެނީ އެ އަންހެން މީހާ ހުރި މޫނު ހާމަކޮށްގެން ކަމެވެ. ކީރިތި ރަސޫލާ الفضل بن عباس ގެ އެ ޢަމަލުފުޅާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަތް ކަމެވެ. އެހެންކަމުން ހިލޭ އަންހެނުންނަށް ބެލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެ އަންހެން މީހާ ހުރީ އިޙްރާމް ނުބަނދެ ކަމުގައި ވުމާއެކުވެސް އޭނާ މޫނު ފޮރުވާކަށެއް އަމުރެއް ނުކުރައްވައެވެ.
މިއަށް ޖަވާބުދެއްވަމުން އަލްބާނީ ވިދާޅުވެފައިވެއެވެ. ކީިރިތި ރަސޫލާ އަށް خثعم ވަންހައިގެ އެއަަަންހެން މީހާ އާއި ދިމާޔަށް الفضل بن العباس رضى الله عهنما ބައްލަވަމުން ގެންދެވި މަންޒަރު ފެނިވަޑައިގަތެވެ. އެއަންހެން މީހާ އަކީ ރީތި އަންހެނެކެވެ. الفضل بن عباس އެ އަންހެން މީހާ އަށް ބައްލަވަމުން ގެންދެވިއެވެ. އަދި އެއަންހެން މީހާ الفضل بن عباس އަށް ބައްލަވަމުން ގެންދެވިއެވެ. އެއަންހެން މީހާ ހުރި އިޙްރާމް ބަނދެގެނެއް ނޫނެވެ. ކީރިތި ރަސޫލާ ކުރެއްވި ހާވެސް ކަމަކީ الفضل بن عباس މޫނުފުޅު އަ އަންހެން މީހާޔާ ވީފަރާތް ނޫން އަނެއް ފަރާތަށް އަނބުރާލެއްވުމެވެ. އަދި އެއަންހެން މީހާއަށް އޭނާގެ މޫނު ފޮރުވުމަށް އަމުރެއް ނުކުރައްވައެވެ. މިއަށްވުރެ ހާމަކަން ބޮޑު ހާމަ ވަޞީލަތެއް އޮންނާނެ ހެއްޔެވެ." .
އެހެން ޙަދީޘަކުން ދަލީލު ދައްކަވަމުން އަލްބާނީ ވިދާޅުވެފައިވެއެވެ. މި މުނާސަބާގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. «رَأَيْتُ شَابًّا وَشَابَّةً فَلَمْ آمَنِ الشَّيْطَانَ عَلَيْهِمَا» . މާނައީ:"ތިމަން ކަލޭގެފާނަށް ފެނިވަޑައިގަތީ ޒުވާން ފިރިހެނާއި ޒުވާން އަންހެނެކެވެ. އެހެންކަމުން އެދެމީހުންނަށް ޝައިޠާނާގެ ކިބައިން އަމާންކަމެއް އޮތްކަމަށް (ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންވަމެވެ.)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ أَسْمَاءَ بِنْتَ أَبِي بَكْرٍ، دَخَلَتْ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَعَلَيْهَا ثِيَابٌ رِقَاقٌ، فَأَعْرَضَ عَنْهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَقَالَ: «يَا أَسْمَاءُ، إِنَّ الْمَرْأَةَ إِذَا بَلَغَتِ الْمَحِيضَ لَمْ تَصْلُحْ أَنْ يُرَى مِنْهَا إِلَّا هَذَا وَهَذَا» وَأَشَارَ إِلَى وَجْهِهِ وَكَفَّيْهِ» މާނައީ:"عائشة رضى الله عنها އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ގެ އަރިހަށް أسماء بنت أبي بكر رضي الله عنهما ވަޑައިގެންނެވިއެވެ. އޭރު އެކަމާނާ ހުންނެވީ ވަރަށް ތުނި ފޭރާމުގެ ހެދުންކޮޅެއް ތުރު ކުރައްވައި ގެންނެވެ. އެ މަންޒަރު ފެނިވަޑައިގަތުން ކީރިތި ރަސޫލާ އަނެއް ފަރާތަށް އެކަލޭގެފާނުގެ މޫނުފުޅު އަނބުރާލެއްވުމަށް ފަހު أسماء بنت أبي بكر رضي الله عنهما އާއި މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. "އޭ އަސްމާއެވެ. އަންހެނުން ބާލިޣުވާ ޢުމަރަށް އެޅުމުން އެމީހުންގެ ކިބައިން މިތަން ތަން ނޫން އެހެންތަންތަން ހާމަވެގެން ނުވާނެއެެވެ. މިހެން ވިދާޅުވެ، އެކަލޭގެފާނުގެ މޫނުފުޅަށާއި ދެއަތްތިލަފުޅަށް އިޝާރަތް ކުރެއްވިއެވެ."
މިޙަދީޘާއި ބެހޭގޮތުން أبو داود ވިދާޅުވަނީ މިޙަދީޘުގައިވާ خالد بن دريك އަކީ މުރުސަލު ރާވީ އެއް ކަމުގައެވެ. އަދި خالد بن دريك ޢާއިޝަތުގެފާނު ދެކެފައި ނުވާ ކަމުގައެވެ." .
عبد الله بن جار الله ވިދާޅުވެފައިވެއެވެ. މިޙަދީޘަކީ ބަލިކަށި ޙަދީޘެއް ކަމުގައި ވެގެން ގޮސްފައިވަނީ ދެ ގޮތެއްގެ މަތިންނެވެ. ފުރަތަމަ ކަމަކީ، މިޙަދީޘް ރިވާ ކުރި خالد بن دريك އާއި ޢާއިޝަތުގެފާނާއި ގުޅުން ކެނޑިފައިވުމެވެ. އޭނާ އެކަމަނާގެ އަރިހުން މި ޙަދީޘް އޭނާ އަޑުއަހާފައެއް ނުވެއެވެ. ދެވަނަ ކަމަކީ، سعيد بن بشير ގެ ސަނަދަކީ ބަލިކަށި ސަނަދެއް ކަމުުގައި އިމާމު އަޙްމަދާއި، އިބުނު މުޢީނާއި އެނުންވެސް ބޭކަލުންވަނީ، ބަޔާން ކުރައްވާފައެވެ. އެހެންކަމުން މިއީ ޙިޖާބު ވާޖިބުވުމުގެ ދަލީލެއް ނޫނެވެ." .
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ: شَهِدْتُ مَعَ رَسُولِ اللهِ الصَّلاَةَ يَوْمَ الْعِيدِ فَبَدَأَ بِالصَّلاَةِ قَبْلَ الْخُطْبَةِ بِغَيْرِ أَذَانٍ، وَلاَ إِقَامَةٍ، ثُمَّ قَامَ مُتَوَكِّئًا عَلَى بِلاَلٍ، فَأَمَرَ بِتَقْوَى اللَّهِ، وَحَثَّ عَلَى طَاعَتِهِ، وَوَعَظَ النَّاسَ، وَذَكَّرَهُمْ، ثُمَّ مَضَى حَتَّى أَتَى النِّسَاءَ، فَوَعَظَهُنَّ، وَذَكَّرَهُنَّ. فَقَالَ: «تَصَدَّقْنَ فَإِنَّ أَكْثَرَكُنَّ حَطَبُ جَهَنَّمَ ». فَقَامَتِ امْرَأَةٌ مِنْ سِطَةِ النِّسَاءِ سَفْعَاءُ الْخَدَّيْنِ، فَقَالَتْ: لِمَ يَا رَسُولَ اللَّهِ؟ قَالَ: «لأَنَّكُنَّ تُكْثِرْنَ الشَّكَاةَ، وَتَكْفُرْنَ الْعَشِيرَ»" . މާނައީ:" جَابِرِ بْنِ عَبْدِ اللَّهِ، ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނު ކީރިތި ރަސޫލާގެ އަރިހުގައި ޢީދު ނަމާދުގައިބައިވެރިވެ ވަޑައިގަތީމެވެ. ބަންގި ދެއްވުމެއް ޤަަމަތް ދެއްވުމެއް ނެތި ޚުޠުބާގެ ކުރިން އެކަލޭގެފާނު ނަމާދު ފެއްޓެވިއެވެ. އެއަށްފަހު ބިލާލުގެފާނުގެ އެހީގައި ތެދުވެވަޑައިގަތެވެ. މާތް الله އަށް ތަޤްވާވެރި ވުމާއި ހެޔޮކަންތަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި މީސްތަކުން ވަޢުޟު އިއްވެވިއެވެ. ހަނދާން ކޮށްދެއްވިއެވެ. ދެން އެއަށްފަހު ކުރިއަށް ވަޑައިގެން އަންހެނުންނަށް ވަޢްޟާއި އިރުޝާއި ދެއްވަން ފެއްޓެވިއެވެ. ހަނދާން އާކޮށް ދެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. "ތިޔަ ކަނބަލުން ޞަދަޤާތް ކުރައްވާށެވެ. ހަމަކަށަވަރުން ތިޔަ ކަނބަލުންގެ ތެރެއިން ގިނަ އަންހެނުން ވެގެންދާނީ ނަރަކައިގެ ދަރަށެވެ." އަންހެނުންގެ ތެރޭގައި އިން އަންހެނަކު ތެދުވެ ދެންނެވިއެވެ. އެއީ ދެކޯވަރަށް ރީތި ދޮން އަންހެނެކެވެ. އޭނާ ދެންނެވިއެވެ. މާތް الله ގެ ރަސޫލާ އެވެ. އެއީ ކީއްވެގެން ތޯއެވެ. ޙަދީޘް ކުރެއްވިއެވެ. "އެއީ ތިޔަ ކަނބަލުން ޝަކުވާ ކުރެއްވުން ގިނަ ކުރަމުއެވެ. އަދި ފިރި މީހާ އަށް އުރެދެމުގެ ސަބަބުންނެވެ."
މި ޙަދީޘުން ދޭހަކޮށްދެނީ އަންހެން މީހާ ހުރި މޫނު ނިވާނުކޮށް ކަމެވެ. އެ އަންހެން މީހާ މޫނު ނިވާކޮށްގެން ހުރިނަމަ جابر رضى الله عنه އަށް އެއަންހެން މީހާ ކޯތާފަތުގެ ރީތިކަން އެނގިވަޑައި ނުގަތީހެވެ. އަދި މޫނު ނިވާ ކުރުމަކީ ވާޖިބެއް ނަމަ އެއަންހެން މީހާ އަށް މޫނު ނިވާކުރުމަށް ކީރިތި ރަސޫލާ އަމުރު ކުރެއްވީހެވެ.