Last Updated: November 22, 23:40
Saturday, November 23, 2024
ޚަބަރު ރިޔާސީ ބަޔާން

އައްޑޫސިޓީ ތަރައްގީ ނުވެ ރާއްޖެ ތަރައްގީ ނުކުރެވޭނެ: ރައީސް ސޯލިހް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑުސިޓީ ތަރައްގީ ނުވެ ރާއްޖެ ތަރައްގީ ނުކުރެވޭނެކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަސް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫއިން ކަމަށެވެ. އައްޑޫސިޓީ ތަރައްޤީ ނުވެ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތަށް ހަދާ ފެންބޮޑުވުން ހައްލު ކުރުން އެދަނީ ކުރިއަށްކަމަށެވެ.

"މިމަޝްރޫއުގެ ދަށުން އެސިޓީގެ މީހުން ިދރިއުޅޭ ހުރިހާ ރަށެއްގާ ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ. އައްޑޫގެ ތަރައްޤީގެ ޕްލޭންއާ އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ. މީގެތެރޭގާ އައްޑޫގެ ފަތުރުވެރިކަމަށް އިތުރުކުރެވޭ ބިންވެސް ހިމެނޭ. މިއާއެކު އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ. މި މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރެވޭނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައިސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް ބައިނަލްއަޤްވާމީ ކާގޯ ޚިދުމަތް ޤަވާއިދުން ފެށިއްޖެ ކަމަށެވެ. އަދި ދެކުނަށް މުދާ އުފުލަނީ ރާއްޖޭގެ ޤައުމީ އާގުބޯޓު ކުންފުނިން ކަމަށާއި، އެއީ ކޮވިޑްގާ ދުނިޔެ ހުއްޓުނު ވަގުތު ދުއްވައިގަތް ދިވެހިރައްޔިތުންގެ އާގު ބޯޓު ކުންފުނި ކަމަށެވެ.