މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު ކަމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރިޔާސީ ބަޔާނަށްފަހު ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާމަވެގެން ދިޔައީ އަދިވެސް ވަޢުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން ކަމަށެވެ.
".ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި.ޙިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު.އެމްޑީޕީއަކީ މިއީ. ތަންދޮރުނުދަންނަ، ވާނުވާ ނޭނގޭ ފިކުރު،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ސަރުކާރު ތެރޭގައި ކޮރަޕްޝަން ވީ އިތުރު ކަމަށާއި ހިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު ކަމަށެވެ.
ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު. ހާމަވެގެން ދިޔައީ އަދިވެސް ވަޢުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން.ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި.ޙިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު.އެމްޑީޕީއަކީ މިއީ:ތަންދޮރުނުދަންނަ، ވާނުވާ ނޭނގޭ ފިކުރު pic.twitter.com/h32CPOv42a
— Mohamed Jameel Ahmed (@MJameelAhmed) February 3, 2022
ޖަމީލްގެ ފާޑުކިޔުން ރިޔާސީ ބަޔާނަށް އަމާޒުވިއިރު ރައީސް ސޯލިހް ރިޔާސީ ބަޔާނުގައި ވިދާޅުވި ބޯހިޔާހިކަމުގެ ސިޔާސަތައް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ފާޑުވިދާޅުވެފަ އެވެ. މި ރިޔާސީ ބަޔާން އިއްއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިދިކޮޅު ކޯލުޝަނުން ވަނީ ބޮއިކޮޓް ކުރައްވާފަ އެވެ.